ކުޅުދުއްފުށީގެ ޓެކްސީ ދަތުރުތަކަށް އުރީދޫ އެމް ފައިސާ މެދުވެރީކޮށް ފައިސާ ދެއްކޭނެ ނިޒާމް ޤާއިމްކޮށް މިއަދު ކުޅުދުއްފުށީގައި މިއަދު އިއުލާނުކޮށްފި އެވެ.
.މިހިދުމަތް ކުޅުދުއްފުށީގައި ތައާރަފްކުރުމަށް މިއަދު ބޭއްވި ހަލްފާގައި މި ހިދުމަތް ފައްޓަވައިދެއްވީ އުރީދޫ ބޯޑް މެމްބަރު ދީނާ ހުސެއިން އެވެ. މި ހަފްލާގައި އުރީދޫ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް ބައިވެރިވެލެއްވި އެވެ.
އުރީދޫ އެމް ފައިސާ ހިދުމަތަކީ ވޮލެޓްގައި ހުންނަ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާކޮށްގެން، އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.
ޓެކްސީގެ ޚިދުމަތް ބޭނުންކުރުމަށް ފަހު ފައިސާ މާރުކުރުމާއި، ބާކީ ފައިސާ ޑްރައިވަރުގެ ފަރާތުން ހޯދުމަކީ ވަގުތު ނަގާ ކަމެއް ، އެކަމާ ގުޅިގެން މަގުމަތީގައި ޓެކްސީ ގިނަ އިރު ވަންދެން ހުއްޓާފައި އޮންނަން ޖެހޭ ކަމަށެވެ.
“އެމް ފައިސާ އިން ޓެކްސީއަށް ދޭންޖެހޭ ފައިސާ ޕޭ ކޮށްލެވޭނެ. ޓެކްސީ ޑްރައިވަރަށް ހަމަ އެސްއެސްއެސްއިން އެނގޭނެ ލާރި ޖަމާ ވެއްޖެކަން،” އުރީދޫގެ ސީނިއަރ އެގްޒެކިއުޓިވް މަރިޔަމް ޝަހުލާ ވިދާޅުވި އެވެ.
މިވަގުތު އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކެނީ މާލޭ އާއި އަދި ހުޅުމާލޭ ޓެކްސީ ތަކުންނެވެ. މިއަދު އުރީދޫއިން މި ހިދުމަތް ތައާރަފް ކުރީ ކުޅުދުއްފުށީގެ 14 ޓެކްސީގައިއެވެ.
މި ޚިދުމަތް ލިބޭ ކާރުތަކުގެ ފަސިންޖަރުންގެ ސީޓާ ދިމާލުން ކިއުއާރު ކޯޑެއް ހިމެނޭ ކާޑެއް ހުންނަ އިރު، ފަސިންޖަރުން ޖެހޭނީ އެމް ފައިސާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން އެ ކޯޑު ސްކޭން ކޮށް، އެ ޓެކްސީއަކަށް އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާށެވެ.
ފައިސާގެ މުއާމަލާތް ފުރިހަމަވުމުން ކަސްޓަމަރާއި ޑްރައިވަރުގެ ފޯނަށް އެކަމުގެ ކޮންފަމޭޝަން އެސްއެމްއެސް އެއް ލިބޭނެއެވެ. އަދި މިއީ އެމް ފައިސާގެ ޚިދުމަތް ތައާރަފުކުރި ފަހުން ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ޓެކްސީގެ ޚިދުމަތް ބޭނުންކުރަން ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެއެވެ