twitterviber whatsapp telegramfacebookyoutube instagram
15th September 2025

ދިރާގުން މޯލްޑިވިއަން އައިޑޮލް ވައިބަރ ސްޓިކަރ ޕެކް ތައާރަފްކޮށްފި

May 10, 2017

މޯލްޑިވިއަން އައިޑޮލް އަށް ހާއްސަކޮށްގެން ދިރާގުން ވައިބާ ސްޓިކާޕެކް ތައާރަފު ކޮށްފިއެވެ.

މި ސްޓިކަރ ޕެކަކީ ދިވެހިންނާއި ގުޅޭގޮތަށް އައިޑޮލްގެ ގްރޭންޑް ފިނާލޭއާ ދިމާކޮށް ނެރުނު ސްޓިކާރ ތަކެކެވެ.

މި ސްޓިކާސެޓް އިތުރު އެއްވެސް އަގަކާ ނުލާ ވައިބާ ސްޓިކާ މާކެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

އެގޮތުން މި ސްޓިކާތަކުގެ ތެރޭގައި ޖަޖުންނާއި ބައިވެރިންގެ އެންމެ ހާއްސަ ބަސްތަކުގެ އިތުރުން ދިރާގުގެ ފޯޖީ އިޝްތިހާރު ރިޕްރެޒެންޓް ކޮށްދޭ “ލައްވާލީވަ 4ޖީ” ސްޓިކާވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި ޖަޖު މަރިޔަމް އުނޫޝާގެ “އޮބިނެސް ޓު ދަ މެކްސް” އާ އިބްރާހިމް އަލީ (ކުޑަ އިއްބެ) ގެ “ތަފާތު” ސްޓިކާގެ އިތުރުން އިސްމާއިލް އައްފާންގެ “މަހަށް ދޭބަލަ” ސްޓިކާވެސް ހިމެނެއެވެ.

އަދި ސީޒަން އެކެއްގެ ބައިވެރިންނާއި މި ސީޒަންގެ ޓޮޕް ތިނެއްގެ ބައިވެރިން ފެންނަ ސްޓިކާތައްވެސް އެބަ ހުއްޓެވެ.

އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ތައްޓާއެކު ލައިޝާ ޖުނައިދު އިންނަ “ޔޫ އާ އަ ވިނާ” ގެ އިތުރުން މޯލްޑިވިއަން އައިޑަލް ސީޒަނުން އެކަކުން ވިދާލި ޝަލަބީ އިބްރާހިމްގެ “މީ ނާނާ” ސްޓިކާ އާއި މުހައްމަދު އިޝާންއަށް ސިފަ ކުރާ “ސަޅި މީހާ” ސްޓިކާވެސް ހިމެނެއެވެ.

އިތުރަށްވެސް ގިނަ ސްޓިކާތަކެއް ހުރި އިރު ޑައުންލޯޑް ކޮށްލައިގެން ބަލައިލާ އާއިލާގެ މީހުންނަށާއި ރައްޓެހިންނަށް ފޮނުވާ ވައިބާގެ ފޯރި ގަދަކޮށްލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355