twitterviber whatsapp telegramfacebookyoutube instagram
5th May 2024

އުރީދޫ މޯލްޑިވްސްއާއި ބީއެމްއެލްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

May 10, 2017

އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ގައި އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ކަލެކްޓިންގ ބޭންކަރ ގޮތުގައި މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށް މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ މީގެ ސަބަބުުން ދިވެހި ރައްޔިތުންނަށް ރާއްޖޭގެ އެންމެ ކުރީ ސަފުގައިހިމެނޭ ވިޔަފާރީއެއްގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އުރީދޫގެ ހިދުމަތްތައް އިތުރަށް ފުޅާވެ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓްތަކެއް ކުރަމުންދާއިރު، އަޅުގަނޑުމެންގެ އެންމެ އިހްލާސްތެރި ހެޔޮއެދުންތައް އުރީދޫގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފޮނުވާ ކަމަށެވެ.

އެގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވަނީ އުރީދޫ މޯލްޑިވްސްގެ އައި.ޕީ.އޯ.ގެ ބޭންކަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ދެއްވާ އެއްބާރުލުމަށް ވަރަށް ހާއްސަ ޝުކުރެއް ރައްދުކުރާ ކަމަށް ވިދާޅުވެފައި އެވެ.

މިއެގްރީމަންޓްގެ ދަށުން ބީއެމްއެލްއިން، އުރީދޫ މޯލްޑިވްސްގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ފަސޭހަކަމާއެކު ހިއްސާ ގަނެވޭނެ އިންތިޒާމު ހަޖައްސައިދީ، ކަލެކްޝަން އެކައުންޓް، އަދި ހިއްސާ ޕޭމަންޓް ގޭޓްވޭ އެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެންދާނެ ކަމަށް ދެފަރާތުން މައުލޫމާތު ދެއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާ ގަތުމުގެ ފުރުސަތު 29 މެއި 2017 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައި ކަމަށް އުރީދޫއިން މައުލޫމަތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355