twitterviber whatsapp telegramfacebookyoutube instagram
11th November 2026

ދިރާގުން ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ބ. ދަރަވަންދޫގައި ގާއިމްކޮށްފި

May 13, 2017

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ބ އަތޮޅު ދަރަވަންދޫގައި ގާއިމްކޮށްފިއެވެ.

ބ. ދަރަވަންދޫގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ހިދުމަތް ލޯންޗް ކުރުމަށް ވަރަށް ފޯރި ގަދަ އިވެންޓެއް ބާއްވާފައި އެވެ.

ދިރާގުން މައުލޫމާތު ދިންގޮތުގައި ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށާއި 100 އެމްބީޕީއެސްއާއި ހަމަޔަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ ހިދުމަތެއް ކަމަށެވެ.

އޭގެ އިތުރުން ދަރަވަންދޫގައި މި ނެޓްވޯކް ޤާއިމް ކުރެވިގެންދިޔުމާއިއެކު، ދިރާގުން ފޯރުކޮށްދެމުން ގެންދާ ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ބ. ދަރަވަންދޫގެ ހުރިހާ ގެތަކާއި ވިޔަފާރި ތަކަށް މިހާރު ލިބިގެންދާނެ ކަމަށާއި މި ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ދަރަވަންދޫގައި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައެވެ. އެގޮތުން އެރަށުގައި ފައިބަރ ހިދުމަތައް އެދޭ ފަރާތްތަކަށް، ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން، މިއީ ބާ އަތޮޅުގައި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ގާއިމް ކުރެވޭ ފުރަތަމަ ފަހަރު ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293