twitterviber whatsapp telegramfacebookyoutube instagram
3rd April 2026

މޯލްޑިވް ގޭސްފުޅިއަކުން 25 ރުފިޔާ ހެޔޮކޮށްފި

May 17, 2017

ރޯދަ މަހަށް ހާއްސަކޮށްގެން މޯލްޑިވް ގޭސް އިން ކުރިއަށް ގެންދާ ޕުރޮމޯޝަންގެ ދަށުން ކުޅުދުއްފުށީގައި މޯލްޑިވް ގޭސް ވިއްކާ އެޖެންޓް، ސޭމްއިން ވެސް މި ޕްރޮމޯޝަންގެ ދަށުން ގޭސް ކައްކާ ގޭސް ފުޅިއަކުން 25 ރުފިޔާ ހެޔޮ ކުރުމަށް ވަނީ ނިންމައިފަ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ކުޅުދުއްފުއްޓަށް މޯލްޑިވް ގޭސް އެތެރެކުރަމުން އަންނަ ސޭމް ގޭހުން ބުނީ އެފަރާތުން ވިއްކަމުންދާ މޯލްޑިވް ގޭސް 10 ކިލޯ ފުޅިއަކުން 25 ރުފިޔާ އަގުހެޔޮ ކުރާނެ ކަމަށެވެ.

ސޭމް އިން ބުނީ މިފްރޮމޯޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީވުމަށް  ސޭމް އަށް ދުރުވެ ނަންނޯޓު ކޮށް ފައިސާ ދައްކާލުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެކަމަށެވެ. ރަޖިސްޓްރީކުރުމަށް ނުކޮށް ގޭސްފުޅި ލިބޭނީ މިހާރު ވިއްކަމުންދާ އަގަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ސޭމް އިން މިހާރު ދިހަ ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ 265 ރުފިޔާއަށެވެ. ޕްރޮމޯޝަނުންގެ ދަށުން ގޭސް އެވަރުގެ ގޭސް ފުޅިއެއް ލިބޭނީ   240 އަށް ކަމަށެވެ.

އަލަށް ނަގާ ގޭސް ފުޅިއެއް ލިބެން ހުންނާނީ 950 ރުފިޔާއަށް ކަަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355