twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ބަނޑުތެރެ ސާފުކޮށްދީ ބަލިތަކުން ދުުރުކޮށްދޭ ބައެއް ކާނާ

Jun 14, 2017

ބަނޑުގައި ރިއްސާ، ހަޖަމު ކުުރުމުގެ ނިޒާމަށް މައްސަލަ ޖެހުންމިއީ ކުޑަކުދިންނަށްވެސް ބޮޑެތި މީހުންނަށްވެސް އާންމުކޮށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ގޮހޮރު މައްސަލަތަކާ ބަނޑުގައި ބެކްޓީރިއާ އުފެދުމަށް ފުރުސަތު ހުޅުވެ އެވެ.

އެގޮތުން ބަނޑު ސާފުކުރުމަށް އަމިއްލައަށްވެސް ގޭގައި މަސައްކަތް ކުރެވިދާނެ އެވެ. އެގޮތުން ތިރީގައި މިވާ ކާނާ ކެއުމުގައި ހިމަނާށެވެ.

އޮރެންޖް

އޮރެންޖަކީ ބަނޑުތެރެ ސާފުކޮށް ކާނާ ހަޖަމްކުރުމަށް އެހީވެދޭ ކާނާ އެވެ. ހަމަ އެހެންމެ ކާނާ ހަމަޖު ވާއިރު ހަށިގަނޑު “ކޫލް” ކޮށް ބެހެއްޓުމަށްވެސް އޮރެންޖެ އެހީވެދެ އެވެ. މީގެ އިތުރުން އޮރެންޖަކީ ވިޓަމިސް ސީ އަދި އަލްކަލިން ހިމެނޭ މޭވާއެއް ކަމުން އިމިއުނިޓީ ސިސްޓަމް ރަނގަޅުކޮށްދީ ހަށިގަނޑުގައި ހުންނަ ޖާރމްސްތއް ފިލުވާ ދެއެވެ.

ލޮމުމެދު

ގިނަ ބަޔަކަށް ލޮނުމެދަކީ މާ ކަމުދާ އެއްޗެއް ނޫނެވެ. ގިނަ ފަހަރަށް މިއީ ތަށީއެއްފަރާތެއްގައި ބޭއްވޭ އެއްޗެކެވެ. އެހެންނަމަވެސް ލިނުމެދަކީ އޭގައި އެތައް ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ ގުދުރަތީ ބޭހެކެވެ. އެގޮތުން ލޮނުމެދު ކެއުމުން ގޮހޮރު ސާފުކޮށް ދެއެވެ. އަދި ބެކްޓީރިއާ ފަންގަސް ފަދަ ހަށިގަނޑަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް އެހީވެ ދެއެވެ.

ސްޓޯރބެރީ

މިއީވެސް އޮރެންޖުން ލިބޭ ފައިދާތައް ލިއްބައިދޭ މޭވާއެކެެވެ. މީގެ އިތުރުން ސްޓޯރބެރީގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ހިމެނޭ މޭވާއެއްކަމުން ބަނޑުގައި އުފެދޭ ބެކްޓީރިއާއި އާއި ޖާރމްސް ނައްތާލުމަށް ބޮޑު ދައުރެއް އަދާކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355