ރޯދަމަސް ބޯމަތިވެފަ، ކުޅުދުއްފުށީ އެސްޓީއޯ ފިހާރަ ހުހަށް !

ކުޅުދުއްފުށި އޮންލައިން - 10 months ago - 23 މެއި 2017މީގެ ކުރީގެ ރޯދަމަސްތަކާ ހިލާފަށް މި ފަހަރު ކުޅުދުއްފުށީ ސަރަހައްދުގެ ރައްޔިތުނަށް ހެޔޮއަގުގައި ރޯދަމަހަށް ބޭނުންވާ ތަކެތި ކުޅުދުއްފުށީގައި ގާއިމްކޮށްފައި ހުރި އެސްޓީއޯ ފިހާރައިން ނުލިބުނެވެ.

މީގެ ކުރިން ފިޔާ، އަލުވި، ބިސް ރޯދަ މަސް އައުމުގެ ކުރިން އެސްޓީއޯއިން ހުސްވާއިރު މިފަހަރު މި ތަކެތި ހުސްކުރަން ނުވެސް ލިބުނެވެ. ހަމަ އެކަނި ފިޔާ، އަލުވި ބިހެއް ނޫނެވެ. މަސްދަޅުވެސް ވެސް އެ ފިހާރައިން ލިބޭކަށް ނެތެވެ. ރޯދަމަސް ފެށެން ދެތިން ދުވަހަށް ވެފައިވާއިރު މިހާތަނަށް އެތަކެތި ލިބޭނެކަމެއްވެސް ޔަގީނެެއް ނޫނެވެ. ކުޅުދުއްފުއްޓަށް ތަކެތި ގަންނަން އަންނަ އެހެން ރަށްރަށުގެ ރައްޔިތުން އެއްހަފުތާ އައިސް ތަކެތި ނުލިބިގެން ވިދި ވިދިގެން 2 ހަފްތާ އައިރުވެސް އެސްޓީއޯއިން ތަކެތި ލިބޭގޮތެއް ނުވި އެވެ.

ހަމައެކަނި ކެއުމަށް ބޭނުންތަކެތި އެކަންޏެއް ނޫނެވެ. ރޯދަމަހަކީ ބަނދިގެތެރޭގެ ހިފާގެންގުޅޭ ތަކެއްޗާއި ގޭގެ ކުލަވެސް އެއްކޮށްހެން ބަދަލުކޮށްލާ މަހެކެވެ. އިލެކްޓްރޯނިކް ތަކެއްޗަކީ އެސްޓީއޯއިން ވިޔަފާރި ރަނގަޅަށް ހިނގާތަކެއްޗެވެ. އެހެން ނަމަވެސް ބަނދިގެ ތެރެ އާކޮށްލާނެ ނަސީބުވެސް މިފަހަރު ނުލެއްވި އެވެ. މީގެ އިތުރުން ގޭގައި ކުލައާކުރުމަށް ބޭނުންވާނަމަ އަލި ކުލަތައް ހެދޭނެގޮތެއްވެސް އެސްޓީއޯއިން މިވަގުތު ނެތެވެ.

ކުޅުދުއްފުށީގެ އަމިއްލަ ވިޔަފާރިވެރިން ތަކެތި ގެނެސް ވިއްކަމުން ދާއިރު މިރަށުގައި ހުރި ސަރުކާރު ހިއްސާވާ ފިހާރައިން މިތަކެތި ނުލިބުން މިއީ ރައްޔިތުންނަށް އެޅި ދަތިކުރުމުގެ ފިޔަވަޅެއްތޯ އެ ނުވަތަ ސިޔާސީ ގޮތުން ޖައްސާލި ޖައްސާލުމެއް ތޯ ވެސް ގިނަ ރައްޔިތުން ދަނީ ސުވާލު އުއްފަދަމުންނެވެ. ގައިމުވެސް މިއީ މިރަށާއި މި ތިން އަތޮޅުގެ ރައްޔިތުންނަށް ސަރުކާރުންގެ ކުންފުންޏަކުން ވި ވަރަށް ބޮޑު އިހުމާލެކެވެ.

ސަބަބެއްނެތި ދަތިކުރުމުގެ ފިޔަވަޅެއްވެސް ނާޅާނެ ދެއްތޯއެވެ. ދެން އޮތީ ސީޔާސީ ގޮތުން ޖައްސާލުމުގެ ވާހަކަ އެވެ. މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މިހާރު މިއޮތް ސަރުކާރަށް ކުޅުދުއްފުށިން 0.5 ފަސެންޓްވެސް ތާއީދު ނުލިބުނެވެ. ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ ގޮޑިތައްވެސް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. މިއީ ސިޔާސީގޮތުން ޖައްސާލާ ކުޅުދުއްފުށީ ރައްޔިތުނަށް މި އަންނަ ރޯދަމަހަށް ބޭނުންވާ ޒަރޫރީތަކެތިން މަހުރޫމްކޮށް، ބޮޑުއަގުގައި އެތަކެތި ގަތުމަށް މަޖުބޫރުކުރި ސަބަބެއްކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ލިބުނު ނާކާމިޔާބުގައި އާސަންދައިގެ ހިދުމަތް ވެސް ކަނޑާލުމާށްފަހު އަލުން ދޫކުރަން ވެސް ފެށީތާ އެވެ. ހަމަ އެގޮތަށް ކުޅުދުއްފުށީ ރައްޔިތުން ސަރުކާރަށް ފުރަގަސް ދިނުމުން އެކަމުގެ ހިތިރަހަ އަރުގަ ލައްވާލުމަށް ބޭނުން ކުރި އުކުޅަކަށްވެސް މިކަން ވެދާނެ އެވެ.


ގުޅުން ހުރި ލިޔުންތައް 1. ޓައްޕު 10 months ago
  މެނޭޖަރު ބަދަލުކޮށްލާއިރަށް ފިހާރަވެސް އޯކޭ ވާނެ .'.'.'.'.ވިޔަފާރިވެރިންނަށް ނަފާހޯދައި ދިނުމަށް ހަދާފައިވާ ޑީލެއްގެ ދަށުން އެސްޓޯއޯ ފިހާރައަށް މުދާ ނުގެންނަނީ
 2. ވިސްނާލާ 10 months ago
  މިފަދަ ހަބަރުތައް ލިޔެގެން ރައްޔިތުންގެ ހިތުގައި މިހާރުގެ ރައީސް އާއި ދޭތެރޭ ނަފުރަތު އިތުރު ކުރަން ތި ކުރާ މަސައްކަތް މާ ރަނގަޅެއް ނޫން ! އެންމެނަށް ވެސް އިނގޭ ކުޅުދުއްފުށީ އެސްޓީއޯ ފިހާރަ ހުންނަނީ ހުހަށް ކަން. ތީ އިއްޔެ މިއަދު ވީ ކަމެއް ނޫން. ތިކަމުން ދޭހަކޮށްދެނީ އެސްޓީއޯގެ އިސްވެރިން ރައްޔިތުންނަށް އިހުމާލު ވެފައި އޮތް ވަރު. އެމްޑީޕީ ފިކުުރުގެ މީހަކު ތަން ހިންގަން ވެރިއަކަށް ލީމަ ލިބޭ ލަނޑު ތީ! ހަމަ ތިހެން އެވަނީ ކައުންސިލް އަށް ވެސް ދެންވެސް ވާނީ ހަމަ އެހެން. މިކަންކަން ރަނގަޅު ކުރަން ތަނުގެ ވެރިމީހަ ވަކި ކުރިޔަސް ވާނީ ސިޔާސީ ކަމަކަށް ، އެކަމަކު މީ މިހާރު މި އެސްޓީއޯ އަށް ކުރަން ލަސްވެފައި އޮތް ކަމެއް، ރޯދަމަސް މިހާ ކައިރިވެފައި ވަނިކޮށް ކުޅުދުއްފުށީގައި ފިޔާ، އަލުވި، ބިސް ނެތުނީމަ އޭގެ ޒިންމާ ރައީސް ނަގަން ޖެހުނީމަ އެއީ އަރަތެއް، މިކަމާ ރައްޔިތުން ފުންކޮށް ވިސްނާލާ!
 3. Esteeyo 10 months ago
  Thi abadhu ves huha huhna thaneh .. Manager kon kameh tha vanee
 4. ކުންޑު 10 months ago
  މިހާރުވެސް މެނޭޖަރބަދަލްކޮށްލާ ޢޭރުން ރަނގަޅޫވާނެ (މުދާ ނުވިކޭތި މުދާ ނުފޮނުވަނީ ކަމަށްވާނީ މިތުރުންނޯ މީހުން އެއްޗެހިގަންނަނީ)
 5. އަޙްމަދު ޝ 10 months ago
  ވިޔަފާރީ ރަގަޅު ކުރަން ޖެހެނީ އެސް.ޓީ. އޯއަށް ގެންނަ މުދާ ބަރާބަރަށް ގެނެސް އެތަކެތި ރަގަޅު އަގުގައި ވިއްކައިގެން .. ނުވަންޔާ ތަންބަންދުކުރޭ، ނުވާނެއޭ ބުނެފާ ގެއަށް ދޭ ނޫނީ އިސްތިއުފާ ދީ އޭރުން ތިމަސައްކަތް ރައްޔިތުންނަށް ވަފާތެރިކަމާއިއެކު ކުރާކަށް ނުޖެހޭނެ .... މިހާރުވެސް ގިނަކަންކަން ހުރީ ތިޔަހެން ކޮންމެ އަހަރަކު ބަހަން ގެންނަަ ކަދުރު އެކިފަހަރު ރަށުގެ ރައްޔިތުންނަށް ބަހަނީ އެކި ޤަވައިދުހަދައިގެން ކުޅުދުއްފުށި ކައުންސިލް އިން އަދި އެކަދުރުތަށް ކަނީ އެތަނުގައި ބަހައްޓައިގެން އިންޓަވަލްއަށް މިވޭތުވެދިޔަ އަހަރުތަކުގައި ވިންނާލަބަލަ
 6. ހައްވަކަޅޭ 10 months ago
  ބާންސް އިސްތިއުފާ ދީފަ ގެއަށްދޭ