twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫއިން ވާވޭ ޕީ10ގެ ފޯނުތައް ރާއްޖޭގެ ބާޒާރަށް ނެރެފި

May 23, 2017

އުރީދޫ އާ ގުޅިގެން ވާވޭގެ އެންމެ ފަހުގެ ފޯނު ކަމަށްވާ ޕީ10 އަދި ޕީ10 ޕްލަސް މިރޭ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

މިރޭ އުރީދޫގައި ބޭއްވި ހާއްސަ ހަފްލާގައި ދުނިޔޭގެ އެކިހިސާބުތަކުގައި މަގްބޫލުކަން ހޯދަމުންދާ ވާވޭ ޕީ10 އަދި ޕީ10 ޕްލަސް ބައްލަވައިގަތުމަށް، އުރީދޫ އިން ވަނީ ވަރަށް ހާއްސަ ޕެކޭޖްތަކެއްވެސް ތައާރަފް ކޮށްފައެވެ.

އެގޮތުން ފުލް ޕޭމަންޓް ޕްލޭންގެ ދަށުން ވާވޭ ޕީ10 ލިބެންހުންނާނީ 8299 ރުފިޔާއަށް އަދި ވާވޭ ޕީ10 ޕްލަސްގެ އަގަކީ 9899 ރުފިޔާކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އަދި މި ޕެކޭޖްގެ ދަށުން އެއް އަހަރުގެ މުއްދަތަށް، މަހަކު 2 ޖިބީ ހިލޭ ޑޭޓާ އާއި އެކު މަހަކު އެންމެ 650 ރުފިޔާ ދައްކައިގެން 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ ފަށާފައި ކަމަށެވެ. އެގޮތުން މި ޕްލޭން ހާއްސަކުރެވިފައިވަނީ ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ހިޔާރުކުރައްވާ ކަސްޓަމަރުންނަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ޑައުންޕޭމަންޓުގެ ގޮތުގައި 1199 ދައްކައިގެން މަހަކު 650 ރުފިޔާ ދައްކާ ގޮތަށް ޕީ10 ފޯނު ގަނެވޭނެ ކަމަށެވެ.

އަދި ޑައުންޕޭމަންޓުގެ ގޮތުގައި 1399 ދައްކައިގެން މަހަކު 800 ރުފިޔާ ދައްކާ ގޮތަށް ޕީ10 ފުލަސް ފޯނު ގަނެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އިންސްޓޯލްމަންޓް ޕްލޭނަކީ އެއް އަހަރު ދުވަހުގެ ޕުލޭނެއް ކަމަށާއި މި ޕެކޭޖް ދަށުންވެސް އެއް އަހަރުގެ މުއްދަތަށް މަހަކު 2 ޖިބީ ޑޭޓާ ލިބިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިފޯނުގެ ސުޕާރ ޗާޖް ޓެކްނޮލޮޖީ މެދުވެރިކޮށް ވާވޭގެ އެންމެ ފަހުގެ ސްމާޓްފޯން ވަރަށް އަވަހަށް ޗާޖު ކޮށްލެވޭނެ ކަމަށާއި ވާވޭ ޕީ10ގެ ފަންވަރާއި ކުލަ އިތުރަށް ފުރިހަމަކޮށްދޭ ޑައިމަންޑް ކަޓް ފިނިޝިންގެ ސަބަބުން މި ފޯނުގެ ޑިޒައިން ވަނީ ސްމާޓްފޯން އިންޑަސްޓްރީގައި އާ ކުރިއެރުންތަކެއް ހޯދާފައި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި އޭގެ އިތުރުންވެސް މި ފޯނުގެ ލެއިކާ ޑުއަލް ކެމެރާ 2.0 ގައި ހިމެނޭ 20 މެގަޕިކްސެލްގެ މޮނޮކްރޯމް ސެންސަރާއި، 12 މެގަޕިކްސެލްގެ އާރްޖީބީ ސެންސަރުގެ އެހީގައި ޕީ10 އިން އެންމެ ފުރިހަމަކަމާއިއެކު ފޮޓޯތައް ނެގޭނެ ކަމަށެވެ.

ލެއިކާ ކުރިމަތީ ކެމެރާ މެދުވެރިކޮށް ކުރީގެ ފޯނުތަކަށްވުރެ ދެގުނައަށް އަލި ފޯރުކޮށްދޭ ކަމަށާއި 4ކޭ ވީޑިއޯ އަދި އޮޕްޓިކަލް އިމޭޖް ސްޓޭބަލައިޒޭޝަންގެ އިތުރުން ސުޕީރިއާ ލޯ ލައިޓް ފޮޓޯގްރަފީ ފަދަ ފީޗަރތަށް ވަނީ ޕީ10 އަށް ލިބިފައި ކަމަށެވެ.

އޭގެ އިތުރުން 25 މޭ 2017 އިން ފެށިގެން އުރީދޫ އެކްސްޕީރިއަންސް ސެންޓަރ މާލެ އަދި ހުޅުމާލެއިން ވާވޭގެ ޕީ10 އަދި ޕީ10 ޕްލަސް ބައްލަވައިގަނެވޭނެ ކަމަށާއި ކުރިއަށް އޮތް ހަފްތާތެރޭގައި، ރާއްޖޭގެ އެހެން ހިސާބުތަކުގައިވާ އުރީދޫގެ އައުޓްލެޓްތަކުން މިފޯނުތައް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355