twitterviber whatsapp telegramfacebookyoutube instagram
3rd April 2026

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އަދި 8+ ވިއްކަންފަށައިފި

May 24, 2017

އުރީދޫ މޯލްޑިވްސްއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި ސެމްސަންގް ގެލެކްސީ އެސް 8+ ބައްލަވައިގަތުމަށް، ވަރަށް ހާއްސަ ޕެކޭޖްތަކެއް އިން ތައާރަފްކޮށްފިއެވެ.

ސެމްސަންގްގެ އެންމެފަހުގެ ސްމާޓްފޯނާއި އެކު، 36 ޖީބީގެ ހިލޭ ޑޭޓާގެ އިތުރުން ހިލޭ ކޯލް ލިބިގެންދާ ދެ ޕެކޭޖް ހިމެނެއެވެ.

އެގޮތުން ފުލް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ އަދި 100 މިނިޓުގެ ކޯލް ހިލޭ ލިބިގެންދާނެއެވެ.

މީގެ އިތުރުން މަހަކު އެންމެ 900 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ. މި ޕްލޭން ޚާއްސަކުރެވިފައިވާ، އެންމެ 2،000 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ޚިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ.

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ އަދި 100 މިނިޓުގެ ކޯލް ހިލޭ ލިބިގެންދާނެއެވެ.

މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު www.ooredoo.mv މެދުވެރިކޮށް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355