އިސްލާމިކް ފައިނޭންސްގެ ރާއްޖޭގެ އެންމެ ކުޑަ ލީސިންގް ރޭޓްގައި ގެދޮރު ގަތުމަށް ފައިނޭންސިންގ ސްކީމް ބީއެމްއެލް އިސްލާމިކް އިން މިއަދު ތައާރަފްކޮށްފިއެވެ.
މިއީ އިސްލާމީ ޝަރީއާ ހަމަތަކަށް ފެތޭ ގޮތަށް ބޭންކުން ތަޢާރަފްކުރުމަށް ހަމެޖެހިފައިވާ ހައުސިން ފައިނޭންސިންގ ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ ފަހުގެ ޕްރޮޑަކްޓްއެވެ. މި ޕްރޮޑަކްޓް ތައާރަފްކޮށްފައިވަނީ މާލޭގައި ހުންނަ ބީއެމްއެލް އިސްލާމިކްގެ ހެޑް ކުއާޓަރޒްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެގޮތުން ީއެމްއެލް އިސްލާމިކް އާ ބައިވެރިވެގެން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް އާ އެޕާޓްމެންޓެއް ނުވަތަ ގެޔެއް ގަންނަން ބެނުންވާ އަމިއްލަ ފަރާތްތަކަށާއި އާއިލާތަކަށް ބީއެމްއެލް އިސްލާމިކް ހޯމް ޕާރޗޭސް ފައިނޭންސިންގައި ބައިވެރިވެވޭނެއެވެ.
މާލޭ ސަރަހައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކްގެ މާލޭ ބްރާންޗުން މިއަދުން ފެށިގެން ހޯމް ޕާރޗޭސް ފައިނޭންސްއަށް އެދޭ ފޯމު ބަލައިގަންނަމުންދާނެއެވެ. އަދި މާލޭން ބޭރުގައި ހުރި ބީއެމްލްގެ ހުރިހާ ބްރާންޗަކުންވެސް މި ފޯމް ބަލައިގަންނަމުންދާނެއެވެ.
މިއަހަރުގެ ކުރީކޮޅު ބޭންކުން ވަނީ ރާއްޖޭގައި މިވަގުތު ދޫކުރާ އެންމެ ކުޑަ ލީސިންގ ރޭޓާ އެކު ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިންގ ފެސިލިޓީސް ތަޢާރަފްކޮށްފައެވެ. ގެދޮރު އިމާރާތްކުރުމަށް ފަންޑް ބޭނުންވެފައި ތިބި ގިނަ އަަދަދެއްގެ ބަޔެއްގެ ތަރުހީބު މި ޕްރޮޑަކްޓްތަކަށް ދަނީ ލިބެމުންނެވެ.