twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރެސިޕީ: ޗިކަން ޓިކާ ވިތް މަސާލާ

May 28, 2017

ކުކުޅު ހަދަން ބޭނުންވާ ތަކެތި:

2 ޖޯޑު ކުކުޅުމަސް (ކިއުބްކޮށް ކޮށާފަ)

125ގ ޕްލޭން ޔޯގަރޓް

1 ލުނބޯ

1 ސައިސަމުސާ ލޮނުމެދު (ޕޭސްޓް)

1 ސައިސަމުސާ އިނގުުރު (ޕޭސްޓް)

2 ސައިސަމުސާ ލޮނު

2 ސައިސަމުސާ ދިރި (މުގުރާފަ)

2 ސައިސަމުސާ ތެޅި މިރުސް

މަސާލާ ހަދަން ބޭނުންވާ ތަކެތި:

ކުޑަ ތެޔޮފޮދެއް

1 ފިޔާ (ކޮށާފަ)

1 ސައިސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފަ)

1 ސައިސަމުސާ އިނގުުރު (ޕޭސްޓް)

1 ސައިސަމުސާ ދިރި (މުގުރާފަ)

2 ސައިސަމުސާ ރީދޫ

2 ސައިސަމުސާ ތެޅި މިރުސް

2 ސައިސަމުސާ ގަރަމް މަސާލާ

1 ދަޅު ޓޮމާޓޯ ޕޭސްޓް

800ގ ޓޮމާޓޯ ސޯސް

300މލ ފެން

250މލ ކްރީމް

ކުކުޅުމަސް ތައްޔަރު ކުރާނެގޮތް:

ކޮށާފައި ހުރި މަސްތައް ބޯތައްޓަކަށް އަޅާ އޭގެތެރެއަށް ޔޯގަރޓް، ލޮނުމެދު. އިނގުުރު. ލޮނު، ދިރި، ތެޅިމިރުސް އަދި ލުނބޯ ފެލާލުމަށްފަހު އެއްކޮށްލާށެވެ. އަދި މެރިނޭޓް ކުރުމަށް 1 ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު މަސްތައް އިލޮއްޓަކަށް އަމުނާލާށެވެ. އެއަށްފަހު 260 ސެލްސިއަސްގައި 15 މިނެޓް ވަންދެން ފިހެލާށެވެ.

މަސާލާ ތައްޔާރު ކުރާނެގޮތް:

ތަވާއަށް ތެޔޮފޮދު އަޅާ ހޫނުވުމުން ފިޔާ، ލޮނުމެދު. އިނގުުރު އަޅާ އެއްކޮށްލާށެެވެ. އެއަށްފަހު ލޮނު، ދިރި، ތެޅިމިރުސް، ރީދޫ، ގަރަމް މަސާލާ، ތެޅި މިރުސް އެޅުމާށްފަހު ހާކާލާށެވެ. ފެން ޓޮމާޓޯ ޕޭސްޓް. ޓޮމާޓޯ ސޯސް އަދި ފެން އަޅާ އެއްކޮށްލާފައި ބަހައްޓާށެވެ. ދެން ސޯސް ގަނޑު ކެކިގަތުމުން ކްރީމްކޮޅުއަޅާ އެއްކޮށްލާށެވެ. އެއަށްފަހު މަސްތައް ސޯސްގަނޑު ތެރެއަށް އަޅާ އެއްކޮށްލާށެވެ. ބަތާއެކު ނުވަތަ ރޮއްޓާއެކުވެސް މި ޗިކަން ޓިކާ ވަރަށް މީރު ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355