twitterviber whatsapp telegramfacebookyoutube instagram
29th March 2024

މެލޭޝިއާ ދެކޮޅު ޓިކެޓާ އެހެނިހެން އިނާމުތައް ލިބޭ ރޯދަ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި

May 28, 2017

ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށް ގިނަ އިނާމުތަކަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ރޯދަ ޕްރޮމޯޝަން ތަކެއް ފަށައިފި އެވެ.

އުރީދޫއިން މައުލޫމާތު ދޭގޮތުގައި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނާއި ހަމައަށް ލިބިގެންދާ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި ކޮންމެ ހަފުތާއަކު ލިބޭ ލަކީ ޑްރޯއަކާއި ހެޔޮ އަގެއްގައި ސައުދީއަށް ގުޅުމުގެ ފުރުސަތުތަކާއި ވަގުތުން އިނާމް ލިބޭ ޕްރޮމޯޝަނަކާއި ހާއްސަ އުރީދޫ ތިއޭޓަރ ޕެކޭޖުތަކުގެ އިތުރުން ރޯދަމަހު މުޅިން ހިލޭ ލިބޭ ހިދުމަތްތަކެއްވެސް ހިމެނެއެވެ.

ރޯދަމަހުގެ ކޮންމެ ހަފުތާއަކު ލަކީ ޑްރޯއެއް

އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އަގުވަޒަންކުރުމަށްޓަކާ ހުޅުވާލެވޭ މި ލަކީ ޑްރޯގައި ކޮންމެ ހަފްތާއެއްގައިވެސް އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ. އަދި މިއީ އުރީދޫގެ ހުރިހާ އެކްޓިވް ކަސްޓަމަރުންނާއި އަލަށް ހިދުމަތް ހޯއްދަވާ ކަސްޓަމަރުންވެސް ބައިވެރިކުރެވިގެންދާނެ ލަކީ ޑްރޯއެއް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން މައުލޫމާތު ދޭގޮތުގައި ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް އެޗްއައިއެޗްއިން ހަތަރު މީހުންގެ ރޯދަ ވީއްލުމުގެ އިތުރުން، އަގުހުރި އިނާމެއް ލިބިގެންދާނެ ކަމަށާއި އަގުހުރި އިނާމް ތަކުގެ ތެރޭގައި ބަދިގެ ސެޓު، ހޯމް ތިއޭޓަރ ސިސްޓަމް، ބައިސްކަލް، އަދި ސެމްސަންގ ގެލެކްސީ އެސް8 ވެސް ހިމެނޭ ކަމަށެވެ.

އަދި އެންމެ ހާއްސަ އިނާމުގެ ގޮތުގައި ދެބޭފުޅުންގެ ދެރޭގެ ހުރުމާއިއެކު މެލޭޝިއާ ދެކޮޅު ޓިކެޓު ލިބިގެންދާނެ ކަމަށާއި މި އިނާމުގެ ވެރިފަރާތް ހޮވިގެންދާނީ ރަމަޟާން މަސް ނިމުމުން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އައިޑީޑީ އަދި ރޯމިންގް:

މި ރަމަޟާން މަހު ސައުދީ ޕްލޭން99 އުރީދޫ އިން ވަނީ ތައާރަފްކޮށްފައި އެވެ. އެގޮތުން އެންމެ 99 ރފ ގެ ޕްލޭން މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 70 ހިލޭ މިނިޓް ލިބިގެންދާނެ ކަމަށާއި ސައުދީ ޕްލޭން އެކްޓިވް ކަމުގައިވާނަމަ ހިލޭ މިނިޓް ބޭނުންކުރުމަށްފަހުވެސް، މިނިޓަކު އެންމެ 2.99 ރފ. އަށް ސައުދީއަށް ގުޅާލެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން އުރީދޫއިން މައުލޫމާތު ދޭގޮތުގައި ރަމަޟާން މަހުގެ ތެރޭގައި ސައުދީއަށް ދަތުރުކުރާ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް އެގައުމުގައި ރޯމިންގް ބޭނުންކުރަށްވާއިރު 30 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

އަދި މިޕެކޭޖް ބޭނުން ކުރެއްވުމަށް “SAUDI” ޖެއްސެވުމަށްފަހު 4123 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ *929*18# އަށް ގުޅާލުމުން، ޕެކް އެކްޓިވޭޓްވާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ވަގުތުން ލިބޭ އިނާމު:

އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ފައިދާހުރި އިނާމުތައް ލިބިގެންދާނެ މި އޮފާގައި ރީޗާޖްކުރުމުން، ނުވަތަ އެމްފައިސާ އަށް ރެޖިސްޓަރ ކުރެއްވުމުން، ކަސްޓަމަރުންނަށް ގިފްޓް ކޯޑެއް ލިބިގެންދާނެ އެވެ. އަދި މި ގިފްޓް ކޯޑު އެސްއެމްއެސް މެދުވެރިކޮށް “4433” އަށް ފޮނުއްވައިގެން ފަސޭހަކަމާއި އެކު ހިލޭ ޑޭޓާ އަދި އާއިލާ އާއި ރައްޓެހިންނަށް ކޯލް ކުރެއްވުމަށް ހިލޭ މިނިޓް ލިބޭނެ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.

އުރީދޫ ތިއޭޓަރ:

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ތިއޭޓަރ ޕެކޭޖާއި އެކު، ހަންގާމާ ޕްލޭ އަދި އީރޯސް ނައު މެދުވެރިކޮށް އެންމެ 149 ރފ. ނުވަތަ 349 ރފ. އަށް ފަހުގެ ފިލްމުތައް ބަލާލެވޭނެ ކަމަށާއި މި ޕެކް އެކްޓިވޭޓް ކުރެއްވުމަށް، *929*19# އަށް ގުޅާލުމުން އެކްޓިވޭޓް ވާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ހިދުމަތްތައް:

ރޯދަމަހު މުޅިން ހިލޭ ލިބޭ ހިދުމަތްތަކުގެ ތެރޭގައި ނަމާދު ވަގުތު ހޯދުމަށް އަދި ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާއާއި ދީނީ ނަސޭހަތާއި ކެއްުކުމާއި ބެހޭ މައުލޫމާތު ހިމެނެއެވެ. އެގޮތުން

• އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯދުމަށް، GO ޖެއްސުމަށްފަހު 4777 އަށް ފޮނުއްވާ.

• ރީތި ޓިއުންސް ހިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯދުމަށް، “BuyTune ID” ޖެއްސުމަށްފަހު 4000 އަށް ފޮނުއްވާ.

• އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯދުމަށް، GOR ޖެއްސުމަށްފަހު 4546 އަށް ފޮނުއްވާ.

• އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯދުމަށް، GOC ޖެއްސުމަށްފަހު 4546 އަށް ފޮނުއްވާ.

އަދި ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އަދި އުރީދޫގެ ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަންތަކާއި ހިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް އަދި 9612345 އަށް ގުޅުއްވުމަށްފަހު 1 ޖެއްސެވުމުން ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355