twitterviber whatsapp telegramfacebookyoutube instagram
8th September 2024

ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ- ނޫޙްގެފާނުގެ ގައުމުގެ މީހުން (6)

May 29, 2017

ހަވަނަ ބައި

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައި ވެއެެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި ދަރިންގެ ގޮތުގައި ގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައްވެސް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. އަދި ތިޔަބައިމީހުން ﷲ ގެ عظمة ތެރިކަމަށް އިޢުތިޤާދު ނުކުރަނީ ކީއްވެ ހެއްޔެވެ؟ ހަމަކަށަވަރުން އެކަނލާގެ ތިޔަބައިމީހުން ހެއްދެވީ ތަފާތު މަރުޙަލާތަކަކުންނެވެ. މަތިމައްޗަށް ﷲ ހަތްއުޑު ހެއްދެވީ ކިހިނަކުންކަން ތިޔަބައިމީހުން ބަލައި ނުވިސްނަނީ ހެއްޔެވެ؟

އަދި އެކަނލާގެ އެއުޑުތަކުގައި ހަނދު ނޫރެއް ކަމުގައި ލެއްވި އެވެ. އަދި އެކަނލާގެ އިރު ވޮށެއްކަމުގައި ލެއްވި އެވެ. އަދި ﷲ ތިޔަބައިމީހުން ބިމުން އުފައްދަވައި ހެއްދެވި އެވެ. ދެން އެކަނލާގެ ތިޔަބައިމީހުން އެބިމަށް އިޢާދަކުރައްވާނެތެވެ. އަދި އެކަނލާގެ ތިޔަބައިމީހުން (އެބިމުން) ނެރުއްވާނެތެވެ. އަދި ﷲ ތިޔަބައިމީހުންނަށްޓަކައި ފެތުރިގެންވާ ދޫލައެއްގެ ގޮތުގައި ބިންގަނޑު ލެއްވި އެވެ. (އެއީ) އެބިމުން ތިޔަބައިމީހުން ތަނަވަސް މަގުތައް ހޯދައޮގަތުމަށްޓަކައެވެ. ނޫޙްގެ ފަނު ވިދާޅުވި އެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އެއުރެން މިއަޅާއަށް އުރެދިއްޖެއޫއެވެ. އަދި އެއުރެންގެ މުދަލުންނާއި، ދަރިންގެ ފަރާތުން އެއުރެންނަށް ގެއްލުމެއް ނޫން އެހެންކަމެއް ނުލިބޭމީހުން އެއުރެންނަށް ތަބާވެއްޖެއޫއެވެ.

އަދި އެއުރެން ބޮޑުވެގެންވާ މަކަރުވެރި ރޭވުމެއް ރޭވޫ އެވެ. އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން ވައްދުއާއި ސުވާޢު އާއި ޔަޢޫތު އާއި ޔަޢޫޤް އާއި ނަސްރު އާއި (މިހުރިހާ ބުދުތައް) ދޫކޮށް ނުލާހުށިކަމެވެ! އަދި ހަމަކަށަވަރުން އެއުރެން ގިނަބަޔަކު މަގުފުރެއްދޫއެވެ. އަނިޔާވެރިންނަށް މަގުފުރެއްދުން ނޫން އެެހެންކަމެއް އިތުުރުނުކުރައްވާނދޭވެ! އެއުރެންގެ ފާފަތަކުގެ ސަބަބުން އެއުރެން ޣަރަޤުކުރެއްވި އެވެ. ދެން އެއުރެން އަލިފާނަށް ވެއްދެވި އެވެ. ފަހެ ﷲ ފިޔަަވައި ނަޞްރު ދޭނެބަޔަކު އެއުރެންނަކަށް ނުފެނުނެވެ.” (ސޫރަތުއްނޫޙް:25-1)

 

– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355