twitterviber whatsapp telegramfacebookyoutube instagram
11th November 2026

 ގޮއިދޫގައި މިއޮތީ ބޭނުން ވަރަކަށް ތާޒާ ކަރާ، ކިލޯއެއް އެންމެ 10ރ

May 29, 2017

މިއަހަރުގެ ރޯދަމަހު ފަނި ގިރާނެ ކަރާ ހޯދަން ކޮންމެހެން ތޮއްޑޫ ކަރާ ލިބޭތޯ ބަލާނެ ކަމެއް ނެތެވެ. ށ ގޮއިދޫ ދަނޑުވެރިން މިވަނީ މިއަހަރުގެ ރޯދައަށް ވަރަށް ބޮޑަށް ތައްޔާރުވެ، ރަށް މުޅިން ކަރައިން ފުރާލާފަ އެވެ. ތާޒާ ހަމަ އެހާ ފޮނި ކަރަ އެވެ.

މިއަހަރު ގޮއިދޫގެ 175 ދަނޑެއްގައި ވަނީ ކަރާ ހައްދާފަ އެވެ. ގޮއިދޫއިން ކަރާ ކިލޯއެއްގެ އަގު އުޅެނީ 10ރ އާއި 15ރ ދެމެދުގެ އަގުތަކެއްގަ އެވެ.

ގޮއިދޫ ބަނދަރުގައި ކަރާ ވިއްކަނީ–ފޮޓޯ: ޝިޔާޒް

ގޮއިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދު މިއަދު ކޭއޯއަށް ވިދާޅުވީ ކަރާ ވިއްކުމުގެ އެންމެ ބޮޑު މާކެޓެއް އޮތީ  ކުޅުދުއްފުއްޓަށް ކަމަށެވެ. އެކަމަކު އެހެން ރަށްރަށަށް އަދި މާލެއަށްވެސް ކަރާ ވިއްކަމުށް ގެންދާ ކަމަށެވެ.

ގޮއިދޫ ބަނދަރުގައި ކަރާ ވިއްކަނީ–ފޮޓޯ: ޝިޔާޒް

ރޯދަމަހުން ދެ ދުވަސް ދިޔައިރު 30 ޓަނު ކަރާ ރަށު ބޭރުކުރެވިފައިވާ ކަމަށާއި އެއީ ގާތްގަނޑަކަށް 3 ލައްކަ ރުފިޔާގެ އާންމުދަނީއެއް ކަމަށެވެ.

ރޯދަމަހަށްް ބޭނުންވާ ވަރަށް ކަރާ ހައްދާފައިވާއިރު މިހާރުވެސް 70 ޓަނު ކަރާ ގޮއިދޫގެ ދަނޑުތަކުގައި އެބަހުއްޓެވެ.

އިބުރާހިމް ޝާހިދު ވިދާޅުވީ އެރަށުގައި ގިނަ ވައްތަރުތަކެއްގެ ކަރާ ހައްދާފައިވާއިރު ކަރާ އެހާމެ ފޮނިވެފައި ތާޒާ ކަމަށެވެ.

ގޮއިދޫ ބަނދަރުގައި ކަރާ ވިއްކަނީ–ފޮޓޯ: ޝިޔާޒް

ކަރާ އިތުރުން ކިޔުކަންބާއި ކުރުނބާ، ފަދަ ތަކެތިވެސް އަންނަނީ ގޮއިދޫގައި ހައްދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293