twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ޑެވިލްޑް އެގްސް

May 30, 2017

ބޭނުންވާ ތަކެތި:

6 ބިސް

½ 2 މޭޒުމަތީ ސަމުސާ މަޔޮނައިޒް

2 މޭރުމަތީ ސަމުސާ މަސްޓަރޑް

ރަހަލާވަރަށް ލޮނު އަދި މުގުރި އަސޭމިރުސް

ގާނިޝް ކޮށްލުމަށް (ކެރެޓް، އޮލިވް، މިރުސް ކޮޅެއް)

ތައްޔާރުކުރާނެ ގޮތް:

ބިސްތަށް ކައްކާލުމަށް ބިސް މަތިން އަރާވަރަށް ތެއްޔަކަށް ފެން އަޅާ އުދާށެވެ. އަދި ގަދަ ގިނީގައި މަތި ޖަހާފައި 10 މިނެޓް ބަހަށްޓާލާށެވެ. ބިސްތަށް ކެކުމުން ފިނި ފެން އެއްޗަކަށް ލައިފަ ބެހެއްޓުމަށް ފަހު ފިނިކޮށް ހުއްޓާ ބިހުގެ ތޮށި ފިލުވާލާށެވެ. އެއަށްފަހު ބިސްތަށް ދެފަޅި ކޮށްލުމަށްފަހު ބިހުގެ ގޮބޮޅި ވަކިކޮށްލާށެވެ. އަދި ބިހުގެ ގޮބޮޅިތަށް އުލެއް ބޭނުންކޮށްގެން ޗިސް ކޮށްލާފައި، މަޔޮނައިޒް، މަސްޓަރޑް، ލޮނާއި އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. އަދި އައިސިން ބޭގް އަކަށް އަޅާ (ވަށް ނުޒުލްއެއް) ބޭނުންކޮށްގެން ބިހުގެ ގޮބޮޅި އިންނަ ތަން ފިލް ކޮށްލާށެވެ. އަދި ގާރނިޝް ކޮށްލަން މައްޗަށް މިރުސް، ކެރެޓް އަދި އޮލިވް ފަދަ އެއްޗެއް ލެވިދާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293