twitterviber whatsapp telegramfacebookyoutube instagram
7th September 2025

ރެސިޕީ: ކާމަރަނގަ

May 31, 2017

ބޭނުންވާ ތަކެތި:

250ގ ބަޓަރ

250ގ ފުއް

6 ބިސް

225 އެމް.އެލް ފެން

1 ސައިސަމުސާ ބޭކިންގ ޕައުޑަރ

½ ސައިސަމުސާ ލޮނު

2 ޖޯޑު ހަކުރު

1 އިންޗި ފޮނިތޮށި

2 ކާފޫރުތޮޅި

4 ރާނބާފަތްކޮޅު (1/2 އިންޗިއަށް ބުރިކޮށްފަ)

2 މޭޒުމަތީ ސަމުސާ ފިނިފެން

ތެޔޮ (ތެލުލެވޭވަރު)

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ފެން އަޅާފައި ކައްކަން އުދާލާށެވެ. ފެން ކެކިގަތުމުން ބަޓަރކޮޅު އަޅާފައި ދިޔާކޮށްލާށެވެ. ދެން ފުށް އަޅާފާ ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ. ކުޑަކޮށް ހިހޫވީމާ ބިސް ގިރާފައި އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ތަވާއުނދުން މައްޗަށް އުދާލާފައި ތެޔޮ އަޅާފައި ކެކިގަނތުމުން އައިސިން ބޭގަކަށް (ތަރި ނޮޒެލްއެއްހުރި) ފުއްކޮޅުއަޅާލާށެވެ. ތެޔޮ ތާހަކާއި ދިމާކޮށްފައި ފިއްތާފައި 2 އިންޗީގެ ދިގުމިނަށް އަޅާފައި ބަޓާރ ވަޅިއަކުން ކަނޑާލާށެވެ.

ދެން ހަކުރު ފަނި ތައްޔާރުކުރުމަށް ތާހަކަށް ހަކުރާއި ފޮނިތޮށި، ކާފޫރު ތޮޅި އަދި ރާނބާފަތް އަޅާލުމަށްފަހު މަޑު ގިނީގައި ކުޑަކޮށް އޮލަވަންދެން ހަކުރު ކައްކާލުމަށްފަހު ފިނިފެން ފޮދު އެއްކޮށްލާފައި އުނދުންމަތިން ބާލާފައި ބަހަށްޓާށެވެ.

ތެލުލެވުނީމާ ނަގާފައި ހޫނުކޮށް ހުއްޓާ ހަކުރު ފަންޔަށް ލާފައި ކުޑަކޮށް ފޯވީމާ ނަގާރ ޓްރޭއެއްގައި އަތުރާލާށެވެ.

މަސްދަރު: ޖުވޭރިޔާ ވަޖުދީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355