ރެސިޕީ: ކަނަމަދު ކޭކް

ނަސްވާ ޙަސަން - 1 year ago - 4 ޖޫން 2017



ބޭނުންވާ ތަކެތި

150ގ ކަނަމަދު (ކައްޗަށް ކޮށާފައި)
150ގ ގުރާމު ހަކުރު (މުގުރާފައި)
150ގ ފުށް
1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރު
1 ސައިސަމުސާ ވެނީލާ އެސެންސް
2 ބިސް
1 މޭޒުމަތީ ސަމުސާ މާޖިރީން
½ ޖޯޑު ލެކުނޯ ކިރު ނުވަތަ ޑަޗް ލޭޑީ ކިރު

ތައްޔާރު ކުރާގޮތް:

މަޖިރިން، ބިސް އަދި ހަކުރު އެއްކޮށްފައި ރަނގަޅަށް މިކްސްކޮށްލާށެވެ. އަދި ފުށާއި، ބޭކިންގް ޕައުޑަރު އެއްކޮށްފައި ފުރާނާލުމަށްފަހު ކިރު އަޅާ އަނެންކާވެސް މިކްސް ކޮށްލާށެވެ. ރަނގަޅަށް ގިރުމުން ކަނަމަދާއި އެސެންސް އަޅާ އެއްކޮށްލުމަށްފަހު ޓްރޭގައި ތެޔޮ ހޭކުމަށްފަހު ފިހެލުމުން ކަނަމަދު ކޭކު މިއޮތީ ތައްޔާރުވެފައި އެވެ.

މަސްދަރު: ފާތިމަތު ޚުރުޝިދާ