twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުރީދޫ އާއި ޕީއެސްއެމްްއާ ދެމެދު ޕާރޓްނަޝިޕެއް ގާއިމްކޮށްފި

Jun 8, 2017

އުރީދޫ މޯލްޑިވްސް އިން، ކޭބަލް ޓީވީ އަދި އޯޓީޓީ ހިދުމަތްތައް ދިނުމުގެ ޕާރޓްނަޝިޕް އެއްބަސްވުމެއްގައި ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް) އާއި އެކު މިއަދު ސޮއިކޮށްފިއެވެ.

މިއަދު ޕީ.އެސް.އެމް ގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި ޕީ.އެސް.އެމް ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިދާޅުވި ގޮތުގައި މިއެއްބަސްވުމަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކާއި ޓެލެކޮމް ކުންފުންޏަކާއި ކޮންޓެންޓް ޕާރޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއެއްބަސްވުމުގެ ދަށުން ހުރިހާ ސްމާރޓް ޑިވައިސްތަކަށް ލިބޭނެހެން ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދެވޭނެ ކަމަށާއި މިވަސީލަތް މެދުވެރިކޮށް ކޮންމެތާކު، ކޮންމެވަގުތަކު ބޭނުންވާ ގޮތަކަށް ލޯކަލް ޗެނަލްތައް ބަލާލެވި، ޑޮކިއުމެންޓްރީތަކާއި، ތަފާތު މުނިފޫހިފިލުވުމުގެ ހިދުމަތްތައް ބޭނުންކޮށްލެވޭނެ ކަމަށް ވަނީ ވިދާޅުވެފައި އެވެ.

އަދި ޕީއެސްއެމްގެ މެނޭޖިންގް ޑައިރެކްޓަރ ވިދާޅުވި ގޮތުގައި އުރީދޫގެ ބޯޑާއި އިސް މެނޭޖްމަންޓާއި މުވައްޒަފުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް އިހްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާ ކަމަށެވެ. އޭގެ އިތުރުން ކޮމިއުނިކޭޝަން ދާއިރާ ތަރައްޤީވަމުންދާ ވަރަކަށް މީޑިއާގެ ދާއިރާވެސް ދާނީ އިތުރަށް ފުޅާވަމުން ކަމަށާއި އުރީދޫ މޯލްޑިވްސްގެ ކުރިއެރުންތަކާއި އެކީ ޕީއެސްއެމްގެ ކުރިއެރުންތައްވެސް އެފެންވަރުގައި ގެންދެވޭތޯ އަޅުގަނޑުމެންގެ ދެފަރާތް ގުޅިގެން މަސައްކަތްކޮށް އައު ހިދުމަތްތައްވެސް ދެފަރާތް ގުޅިގެން ކުރިމަގުގައި ތައާރަފްކުރާނެ ކަމަށް އިބްރާހިމް ޚަލީލް އިތުރަށް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355