twitterviber whatsapp telegramfacebookyoutube instagram
19th November 2019

ރެސިޕީ: ރިހާކުރު ފޮޅި

Jun 10, 2017

ބޭނުންވާ ތަކެތި

½ 1 ޖޯޑު ހަނޑޫ

1 ޖޯޑު ވަޅޯ މަސް

1 މަސްދަޅު

½ ޖޯޑު ރިހާކުރު

1 ފިޔާ (ކުދިކޮށް ކޮށާފައި)

½ ގިތެޔޮ މިރުސް (ކޮށާފައި)

½ ޖޯޑު މުރަނގަފަތް

1 ޖޯޑު ކާށި ހުނި

¼ ޖޯޑު ފުށް

2 ބިސް

2 ސައިސަމުސާ ލުނބޯހުތް

¼ ސައިސަމުސާ ރީދޫ

½ ޖޯޑު ފެން

1 ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

ލޮނު (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް

ރޭނގަޑު ހަނޑޫ ފެނަށް ލައިފަ ބެހެއްޓުމަށްފަހު، އަނެން ދުވަހު ހަނޑޫ ދޮވެ މިކްސްޖަރުން މުގުރާލާށެވެ.

ދެން ފިޔާ، މިރުސް، ހިނކަދިފަތް، ލުނބޯހުތް އަދި ލޮނު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި ރިހާކުރާއި ހުނި އަޅާ އެއްކޮށްލާށެވެ.

އެއަށްފަހު އޭގެތެރެއަށް ރީދޫ، މުރަނގަފަތް، މަސްދަޅު (ތެޔޮ ނުލައި)، ވަޅޯ މަސް އަދި ބިސް އެއްކޮށްލާށެވެ. އަދި ރަނގަޅަށް އެއްވުމުން ފެން، ހަނޑޫ އަދި ފުށް އަޅާ މިކްސްކޮށްލާށެވެ.

ދެން ތަތްނުލަވާ ތަވާގަ ކުޑަ ތެޔޮކޮޅެއް ހާކާފައި ވަށް ކޮށް އަޅަމުން އެއްފަރާތް ރޯ ފިލުމުން ފަށްޖަހާލާށެވެ. އަދި އިރުކޮޅަކު ތަވާގައި ފިހެލާފައި ނަގާށެވެ.

މަސްދަރު: ދުމަށި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355