twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ގުލާބު ޖާމުން

Jun 11, 2017

ބޭނުންވާ ތަކެތި:

1 ޖޯޑު ހިކި ކިރު

3 މޭޒުމަތީ ސަމުސާ ފުށް

2 މޭޒުމަތީ ސަމުސާ ބަޓަރ

1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ

3 ޖޯޑު ހަކުރު

12 ޖޯޑު ފެން

2 އިންޗީގެ ފޮނިތޮށި ކޮޅެއް

6 ކާފޫރު ތޮޅި (ދެކޮޅު ބުރިކޮށްފައި)

½ ސައިސަމުސާ ރޯސް އެސެންސް

ތެލުލެވޭވަރު ތެޔޮކޮޅެއް

ތައްޔާރު ކުރާނެގޮތް

ފެން ފޮދު ތެއްޔަކަށް އަޅާލުމަށްފަހު ހަކުރާއި ކާފޫރު ތޮޅި އަދި ފޮނިތޮށިކޮޅު އަޅާލުމަށްފަހު ކައްކަން އުދާލާށެވެ. ހަކުރު ގަނޑު ކުޑަކޮށް އޮލަ ވަންދެން ކައްކާލާށެވެ. އަދި އޮލަވީމަ އެސެންސް އެއްކޮށްލާށެވެ.

ކިރު، ބަޓަރު، ފުށް އަދި ބޭކިން ފައުޑަރު އަޅާފަ ގުޅަ ހަދާ ލެވޭވަރަށް ރަނގަޅަށް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު އޭގެން ކުދި ގުޅަ ވަށާލާށެވެ. އަދި ގުޅަވަށާއިރު މާބޮޑަށް ހިކޭގޮތްވާނަމަ އަތުގައި ފެންފޮދެއް ހާކާލާށެވެ. ފުށްގަނޑުން ގުޅަވަށާފަ ނުވަތަ ގުލާބު ޖާމުން ވަށާފަ އޮމާންކޮށްފަ ބަހައްޓާށެވެ.

ތަވާ އުދާފައި ތެޔޮ އަޅާލުމަށްފަހު ތެޔޮގަނޑު ރަނގަޅަށް ކެކިގަތީމަ ގުލާބު ޖާމުން އަޅާފަ ރަނގަޅަށް ތެލުލާށެވެ. ގުލާބު ޖާމުންގައި ހޫނުކަން ހުއްޓާ ހަދާފައި ހުރި ހަކުރު ގަނޑު ތެރެއަށް ލާށެވެ. ހިހޫވަންދެން ބަހައްޓާފައި އައިސް އަލަމާރިއަށް ލާށެވެ.

މަސްދަރު: ކާނާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293