twitterviber whatsapp telegramfacebookyoutube instagram
19th November 2019

ރެސިޕީ: ކުޅި އަލުވި ކުކުޅު

Jun 13, 2017

ބޭނުންވާ ތަކެތި:

650 ގ އަލުވި (ތޮށި މަށާފަ 1 އިންޗި 1 އިންޗި ވަރަށް ކޮށާފަ)

2 މޭޒުމަތީ ސަމުސާ ޒައިތޫނު ތެޔޮ

1 ބޮޑު ފިޔާ ( ކޮށާފަ)

2 ސައިސަމުސާ މުގުރި ދިރި

½ ސައި ސަމުސާ ހިކިމިރުސް (މުގުރާފަ)

300 ގ ކުކުޅު ( ލޮނުހެޔޮވަރުކޮށް ފެނު ކައްކާ އަކުލި ކޮށާފައިން މިނަށް ކޮށާފަ)

400 ގ ޓޮމާޓޯ (ހެޔޮވަރު ސައިޒަކަށް ކޮށާފަ)

3 މޭޒުމަތީ ސަމުސާ ކޮރިއަންޑާ (ކުދިކޮށް ކޮށާފަ)

2 ލޮނުމެދު (ޗިސްކޮށްފަ ކޮށާފަ)

ތައްޔާރު ކުރާނެގޮތް:

ހެޔޮވަރު ތަވައަކަށް ތެޔޮކޮޅު އަޅާފަ ހޫނުކޮށްލާށެވެ. އެއަށްފަހު ކޮށާފައި ހުރި ފިޔާ ތެލުގައި 2 މިނެޓް ވަންދެން ތެލުލާށެވެ. ދެން އަލުވި، ލޮނުމެދު. ދިރި އަދި މިރުސްކޮޅު އަޅާފަ އިތުރު މިނެޓެއްވަރު ތެލުލާށެވެ. ތެލުލާ ވަގުތު ރަނގަޅަށް ހަލުވަން ވާނެ އެވެ. ދެން ކުކުޅާ، ޓޮމާޓޯ ކޮޅު އަޅާފަ ބައިޖޯޑު ފެން އަޅާ 14 ވަރަކަށް މިނެޓް ވަންދެން ރަނގަޅަށް ކައްކާލާށެެވެ. އޭގެ ފަހުން ކޮށާފައިއިން ކޮރިއަންޑާ ކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

މަސްދަރު: ކާނާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355