ރެސިޕީ: ޗޮކްލެޓް ޑޯނަޓް

ނަސްވާ ޙަސަން - 1 އަހަރު ކުރިން - 12 ޖޫން 2017ބޭނުންވާ ތަކެތި:

50ގ ކޮކޯ ޕައުޑާ
150ގ ބަޓަރ
100ގ ޑާކް ޗޮކްލެޓް
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
5 ބިސް
100ގ ޗޮކްލެޓް (ދިޔާކޮށްލާފަ)
50ގ ސްޕްރިންކަލް

ތައްޔާރު ކުރާނެގޮތް:

ތަތްނުލަވާ ތަވާ މަޑުގިނީގައި އުދާފައި ޑާކް ޗޮކްލެޓް އަދި ބަޓަރ އަޅާ ކައްކާލާށެވެ. ކެކުމުން ބޭކިންގ ޕައުޑަރު، ހަކުރާއި އެސެންސް އަޅާ އެއްކޮށްލާށެވެ. ދެން ތަވާ އުދުންމަތިން ބާލާފަ ހޫނުކަން ހުއްޓާ ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ.

އެއަށްފަހު ކަޕްކޭކް ޓްރޭގެ، ކޮންމެ ކަޕް އެއްގެ މެދަށް ގުރީސް ޕުރޫވް ގަނޑުން ބޯޅައެއް ހަދާފަ ލާށެވެ. އަދި އެއްކުރި ބައި އަޅާފަ 8-10 މިނެޓް އަވަނުން ފިހެލާށެވެ.

ފިހެވުމުން ކޮންމެ ޑޯނަޓެއްނަގާ ދިޔާކުރި ޗޮކްލެޓް ތެރެއަށް ލައިފަ މައްޗަށް ސްޕްރިންކަލް އެޅުމުން ޗޮކްލެޓް ޑޯނަޓް މިއޮތީ ތައްޔާރުވެފަ އެވެ.