twitterviber whatsapp telegramfacebookyoutube instagram
14th September 2026

ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ފުރަތަމަ މެޗު ރަޝިޔާއިން ކާމިޔާބުކޮށްފި

Jun 18, 2017

ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި 2-0 އިން ނިއުޒިލެންޑް ބަލިކޮށް ރަޝިޔާއިން މުބާރާތުގެ ފެށުން ރަގަޅުކޮށްފި އެވެ.

ރޭ ރަޝިޔާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރަޝިޔާއިން ލީޑު ނެގީ މެޗުގެ 31 ވަނަ މިނެޓްގަ އެވެ. މިއީ ނިއު ޒިލެންޑްގެ ޑިފެންޑަރުން އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި ރަޝިޔާގެ ގުލްޝަކޯވް އުފެއްދި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ނިއު ޒިލެންޑްގެ މައިކަލް ބޮޒާލް ގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރަޝިޔާއިން ހޮސްޓް ކުރާ މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި މުޅި މެޗު ކަހަލަ ގޮތަކަށް ރަޝިޔާއިން ކޮންޓްރޯލް ކުރިއިރު މެޗުގެ ދެވަނަ ލަނޑު 69 ވަނަ މިނެޓްގައި ޖަހައިދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ސްމޮލޯވް އެވެ.

ސަރަހައްދީ މުބާރާތްތަކުގެ ޗެމްޕިއަނުންގެ އިތުރުން ވޯލްޑް ކަޕް ޗެމްޕިއަނުންނާއި މުބާރާތް ބާއްވާ ޤައުމު ހިމެނޭ ގޮތަށް ޖުމްލަ އަށް ޓީމު ވާދަ ކުރާ މި މުބާރާތަކީ ކޮންމެ 4 އަހަރުން އެއް ފަހަރު ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް އެންމެ ފަހުން ބޭއްވުނު ތިން ފަހަރުވެސް ކާމިޔާބުކުރީ ބްރެޒިލްއިންނެވެ.

ގުރޫޕް އޭ ގައި ހިމެނެނީ ރަޝިޔާ އާއި ނިއުޒިލެންޑްގެ އިތުރުން ޕޯޗުގަލް އަދި މެކްސިކޯ އެވެ. ގުރޫޕް ބީ ގައި ހިމެނެނީ ޖާމަނީ، އޮސްޓްރޭލިޔާ، ޗިލީ އަދި ކެމަރޫން އެވެ.

މި މުބާރާތުގައި މިރޭ ބައްދަލު ކުރާ މެޗުގައި ކުޅޭނީ ޕޯޗުގަލް އަދި މެކްސިކޯ އެވެ. މެޗު ފެށޭނީ ރާއްޖެ ގަޑިން 2000 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293