twitterviber whatsapp telegramfacebookyoutube instagram
22nd September 2026

އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެއާއި އިންޑިއާ، ޗައިނާ އަދި ޔޫއޭއީ އެއް ގްރޫޕަކަށް

މުޙައްމަދު އަހުމަދު
May 26, 2023

އަންނަ އަހަރު ގަތަރުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި އިންޑިއާއާއި ޗައިނާ އަދި ޔޫއޭއީއާ އެއް ގްރޫޕެއްގައި ރާއްޖެ ހިމެނިއްޖެ އެވެ.

މިމުބާރާތުގެ ކޮލިފިކޭޝަން ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހު 6 ން 12 އަށް ޗައިނާގަ އެވެ. އަދި އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮލިފައިން ގްރޫޕުގެ އެއްވަނަ އަށް ދާ ޓީމެކެވެ. އަދި މީގެ އިތުރުން ދެވަނަ ޓީމަށް ވެސް އޭޝިއަން ކަޕަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ ހުރިހާ ގްރޫޕެއްގެ ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމުގެ ގޮތުގައި ހިމެނިގެންނެވެ.

ރާއްޖޭގެ ޝެޑިއުލަށް ބަލާލާއިރު 6 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ނުކުންނައިރު 9 ވަނަ ދުވަހު ނުކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ. އަދި 12 ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭނެ އެވެ.

މިއީ 2021 ވަނަ އަހަރަށްފަހު ރާއްޖެއިން 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެފަހަރު ރާއްޖެ ވަނީ ހުރިހާ މެޗަކުން ބަލިވެފަ އެވެ. އިރާގު އަތުން 4 - 0 ބަލިވިއިރު ބަހްރޭނުން ރާއްޖެ ބަލިކުރީ 3 - 0 ންނެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މިފަހަރުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާއިރު ޓީމަށް ކޯޗުކަން ކޮށްދޭނީ ސީނިއާ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293