twitterviber whatsapp telegramfacebookyoutube instagram
18th April 2024

ސަލާހުގެ ކުރިމަގާމެދު އެއްވެސް ހާސްކަމެއް ނެތްކަމަށް ކްލޮޕް ބުނެފި

މުޙައްމަދު އަހުމަދު
May 27, 2023

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުން ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމާ ގުޅިގެން ލިވަޕޫލްގެ ވިންގާ މުހައްމަދު ސަލާހު ޝޮކެއް ލިބިފައިވާކަމަށް އޭނާ ބުނި ނަމަވެސް ލިވަޕޫލުގައި އޭނާގެ ކުރިމަގާމެދު އެއްވެސް ހާސްކަމެއް ނެތްކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ސަލާހު ވަނީ އޭނާއަށް ދެރަވެ ބޮޑު ޝޮކެއްގައި ހުރިކަމަށް ބުނެ ބުރާސްފަތިދުވަހު ސޯޝަލް މީޑީއާގައި ކޮމެންޓްތަކެއް ކޮށްފަ އެވެ. ލިވަޕޫލަށް ގަދަ ހަތަރަކުން ޖާގަ ގެއްލުނީ ބުރާސްފަތި ދުވަހު 4 - 1 ން ޗެލްސީ އަތުން ޔުނައިޓެޑް މޮޅުވުމާ ގުޅިގެންނެވެ.

ލިވަޕޫލަށް ފަސްވަނަ ޔަގީންވެފައިވާއިރު ދެވަނަ ސީޒަނުގައި އެޓީމު ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ. ހުކުރުދުވަހު ކްލޮޕް ބުނީ ސަލާހު މިކުލަބުގައި ހުންނަން ބޭނުންވާ ކަމާއި އޭނާއަކީ އަބަދުވެސް ކުލަބުގެ ބައެއް ކަމަށެވެ.

މިސްރުގެ ކުޅުންތެރިޔާ ޓުވިޓާގައި ބުރާސްފަތިދުވަހު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މިކަމަށް އެއްވެސް ބަހަނާއެއް ދެއްކެން ނެތްކަމަށާއި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން ބޭނުންވި ހުރިހާ ކަމެއް ހުރިއިރު ވެސް ޓީމު ފެއިލްވެފައިވާ ކަމަށެވެ.

މިއީ ލިވަޕޫލްކަމަށާއި ޗެމްޕިއަންސް ލީގަށް ކޮލިފައިވުން އެއީ އެންމެ ކުޑަމިންވަރުކަމަށާއި ސަޕޯޓަރުންގެ އުއްމީދުތަކާއި އަމިއްލަ އުއްމީދުތައް ވެސް ފެނަށް ދުއްވާލެވިއްޖެ ކަމަށް ސަލާހު ބުންޏެވެ.

ސަލާހު ވަނީ މިދިޔަ ސަމާގައި ލިވަޕޫލާއެކު 3 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ހަފްތާއަކު 350000 ޕައުންޑުގެ މުސާރައަކަށް ސޮއިކުރި ކުޅުންތެރިޔާ ވަނީ މިސީޒަނުގައި 19 ލަނޑު އެޓީމަށް ޕްރިމިއާ ލީގުގައި ޖަހާފަ އެވެ.

ސަލާހު ލިވަޕޫލުގައި ކުރިމަގުގައި ކުޅޭނެ ކަމާމެދު ބީބީސީން ކުރި އިންޓަވިއުއެއްގައި ކްލޮޕާ ސުވާލުކުރެވުމުން އޭނާ ބުނީ އެއްވެސް ހާސްކަމެއް ނެތްކަމަށާއި އޭނާއަށް އަޑުއިވުނީ އޭނާ ބުނެފައި އޮތް އެއްޗެއްކަމަށާއި އަދި ކުލަބު ދޫކޮށްލުމުގެ މިސްރާބަކާ ދިމާލަށް އޭނާގެ ވިސްނުން ހުރިކަމެއް ފާހަގައެއް ނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355