twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރެސިޕީ: ކުކީ ޑޯ ޓާރޓް

Jun 19, 2017

ބޭނުންވާ ތަކެތި:

20 އޯރިއޯ ބިސްކޯދު

½ ޖޯޑު ބަޓަރ

½ ޖޯޑު ބުރައުން ޝުގާ

¼ ޖޯޑު އައިސިންގް ޝުގާ

¾ ސައިސަމުސާ ވެނީލާ އެސެންސް

½ 2 ސައިސަމުސާ ހެވީ ކުރީމް

¼ 1 ޖޯޑު ފުށް

¾ ޗޮކްލެޓް ޗިޕްސް

½ ޖޯޑު ޗޮކްލެޓް

½ ޖޯޑު ހެވީ ކުރީމް

ތައްޔާރު ކުރާނެގޮތް:

އޯއިއޯ ބިސްކޯދުތައް މިކްސްޗަރުން މުގުރާާލުމަށްފަހު ޓާރޓް ތައްޓަށް އަޅާ ރީއްޗަށް ފަތުރާލާށެވެ.

ދެން އައިސިން ޝުގާ، ބުރައުން ޝުގާ އަދި ބަޓަރު ތަށްޓަކަށް އަޅާ އެއްކޮށްލާށެވެ. އަދި ހެވީކުރީމް (1/2 2 ސައިސަމުސާ) އަދި އެސެންސް އަޅާ އެއްކޮށްލުމަށްފަހު ފުށް އަޅާ އެއްކޮށްލާށެވެ. އެންމެ ފަހުން ޗޮކްލެޓް ޗިޕްސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު ޓާރޓް ތައްޓަށް ކުކީ ފުއްގަނޑުން ސަމުސަލުން އަޅާ ރީއްޗަށް ފަތުރާލާށެވެ.

ދެން ޗޮކްލެޓާއި ހެވީކުރީމް (1/2 ޖޯޑު) އެއްކޮށްލުމަށްފަހު ޓާރޓް ތަށި މައްޗަށް އަޅާށެވެ. އަދި 30 މިނެޓް ފިނިކޮށްލުމަށްފަހު ކުކީ ޑޯ ޓާރޓް މިއޮތީ ތައްޔާރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355