twitterviber whatsapp telegramfacebookyoutube instagram
25th August 2019

ރެސިޕީ: ޗީޒް ކަޓްލެޓްސް

Jun 22, 2017

ބޭނުންވާ ތަކެތި:

4 އަލުވި ފެނުކައްކާފަ

300 ގ. ޗީޒް (ގާނާފައިހުރި)

2 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި

1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)

1 ފިޔާ (ހިމުންކޮށް ކޮށާފައި)

1 ޖޯޑު ކެބެޖް (ހިމުންކޮށް ކޮށާފައިހުރި)

3 ފޮތި ޕާން

3 ޖޯޑު ފުށް

1 ޖޯޑު ފާރޮށި ކުނޑި

1/2 1 ގޯޑު ފެން

ތައްޔާރު ކުރާނެގޮތް:

ޕާންފޮތިތަކުގައި މައްޗަށް ފެން އަޅާފައި ފޯކުރަން ބަހައްޓާށެވެ. އަލުވި، ޗީޒް، މިރުސް، ކޮތަނބިރި. ފިޔާ، ކެބެޖް، އެއްކޮށް މޮޑެފައި ޕާން ފޮތިތަކުން ފެން ފެލާފައި އެއްކޮށްފައި ގުޅަ ވެށޭވަރަށް މޮޑެލާށެވެ. ދެން ގުޅަ ގުޅަ ހަދާފައި އޮމާންކޮށްފަ ފުށްކޮޅު ފެން އެއްކޮށްފައި އޮލަކޮށް ގިރާލާށެވެ. ގުޅަތައް ފުށަށް ލާފައި ބޭރުގައި ފާރޮށި ކުނޑި ހާކާފައި ބަހައްޓާށެވެ. ތަވާ އުދާލާފައި ތެޔޮ އަޅާލާފައި ކެކިގަތީމަ ގުޅާތައް ތަވަޔަށް އަޅާފައި ތެލުލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355