twitterviber whatsapp telegramfacebookyoutube instagram
11th November 2026

ފިތުރު އީދަށް ހާއްސަކޮށްގެން ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ނެރެފި

Jun 24, 2017

ދިރާގުން ފިތުރު އީދަށް ހާއްސަކޮށްގެން ވައިބަރ ސްޓިކަރ ޕެކެއް ނެރެފިއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި މި ސްޓިކަރ ޕެކަކީ ރަމާޝާން މަހާއި ފިތުރު އިދާގުޅުވައިގެން ދިވެހިންގެ އާއްމު ދިރިއުޅުމުގެ ބަހުރުވައާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ސްޓިކަރ ޕެކެއް ކަމަށެވެ.

އަދި ހުވަދޫ ބަހާއި އައްޑޫބަސް ފަދަ ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގެ ބަހުރުވައިން ބައެއް ސްޓިކަރ ހިމެނޭ މި ސްޓިކަރ ޕެކް ހިލޭ ވައިބާއިން ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި މި ސްޓިކަރ ޕެކްގެ ސަބަބުން އީދުގެ ތަހުނިޔާ ގާތްތިމާގެ މީހުންނަށް ރީތި ސްޓިކަރ އެއްގެ ސިފައިގައި ފަސޭހަކަމާއެކު ފޮނުވާލެވޭނެ ކަމަށެވެ.

ދިރާގުން ވަނީ ނިމިގެން ދިޔަ މޯލްޑިވިއަން އައިޑަލް ޝޯއާ ގުޅުވައިގެންވެސް ވަރަށް މަގްބޫލު ވައިބަރ ސްޓިކަރ ޕެކެއް ނެރެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293