twitterviber whatsapp telegramfacebookyoutube instagram
11th July 2025

ރެސިޕީ: ބިސް ކީމިޔާ

Jun 24, 2017

ބޭނުންވާ ތަކެތި:

½ ކެބެޖް / ބޮނޑި ކޮޕީ (ކުދިކޮށް ކޮށާފައި)

4 ބިސް

2 ފިޔާ

2 ލުނބޯ

އަސޭމިރުސް (މުގުރާފައި)

ލޮނު (ރަހަލާވަރަށް)

2 ގިތެޔޮ މިރުސް

5 ޖޯޑު ފުއް

2 މޭޒުމަތީ ސަމުސާ މާޖެރިން

ތެޔޮ

ހޫނުފެން

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ 2 ބިސް ފެނު ކައްކާފަ ކުދިކޮށް ކޮށާފައި ބަހައްޓާށެވެ. ދެން ގިތެޔޮމިރުހާއި، ފިޔާ ކުދިކޮށް ކޮށާފައި ހުތާއި ލޮނުލައި ރަނގަޅަށް މޮޑެލާށެވެ. ދެން އޭގެ ތެރެއަށް ކެބެޖާއި ބިސް އަދި ރަހަލާވަރަށް އަސޭމިރުސް އަޅާ އެއްކޮށްލާށެވެ.

ފުއްގަނޑު މޮޑުމަށް، 2 ބިހާއި މާޖިރިން އަދި ހޫނުފެން އަޅާ މޮޑެލާށެވެ. ހައެއްކަ ގުޅައަށް ބައި ކޮށްފައި ކޮންމެ ގުޅައެއް ރޮއްޓެއް ގޮތަށް ދަމާ ކީމިއާ އަށް ބޭނުންވާ ގޮތަށް ހަތަރެސް ކަނަށް ކުދިކޮށް ކަނޑާށެވެ. އަދި ކަނޑާ ފުއްކޮޅު މެދަށް މަސްކޮޅެއް ލައިފާ މަތީ ދެކައިރި ލައްޕާފައި، އަރިމަތިން ލައްޕާލާށެވެ.

އެއަށްފަހު ތަވަޔަށް ތެޔޮ އަޅާ ތެލުލުމުން ކީމިޔާ މިއޮތީ ތައްޔާރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355