twitterviber whatsapp telegramfacebookyoutube instagram
23rd June 2025

ފިތުރު އީދުގެ މުނާސަބާތުގައި ދިރާގުން ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި

Jun 26, 2017

ދިރާގުގެ ފަރާތުން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިތުރު އީދުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އީދު ހަދިޔާ ބެހުމުގެ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފިއެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި އީދު ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތެއް ކަމަށާއި މިކަހަލަ ހަރަކާތެއް ބޭއްވުމަކީ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް އީދުގެ އުފަލުގައި އެންމެން ބައިވެރި ވުމަށް ލިބިގެންދާ ފުރުސަތެއްކަމަށެވެ.

އަދި މާލޭގެ އިތުރުން ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ އަށް އަތޮޅެއްގައި އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކުގައި އީދު ނަމާދުގެ ފަހުގައި ވަނީ ހަދިޔާ ބަހާފައި ކަމަށާއި މި ހަދިޔާތައް ބެހުމުގައި ހަރަކާތްތެރިވެފައިވަނީ ދިރާގުގެ މުވައްޒަފުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ކުޑަކުދިން ރައްކާތެރިކުރުމާއި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއްދޭ އެއް ކަމެއް ކަމަށެވެ. އަދި ދިރާގުން ވޭތުވެދިޔަ އަހަރު ތަކުގައި ވެސް ވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި ހިމާޔައްކުރުމަށް ގޮވާލާ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355