twitterviber whatsapp telegramfacebookyoutube instagram
20th April 2024

އޮންލައިންކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ހިދުމަތް މީރާއިން ތައާރަފްކޮށްފި

Jun 26, 2017

މީރާ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި “ވާރުޕޭ” ގެ ނަމުގައި ތައާރަފުކުރި މި ހިދުމަތަކީ ޓްރެފިކާ ގުޅޭ ޖޫރިމަނާތައް ދައްކަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކީ އެ ފައިސާ ދެއްކޭނެ ހިދުމަތެއް ކަމަށެވެ.

ވާރުޕޭ އަކީ މީރާގެ އޮންލައިން ހިދުމަތް މީރާ ކަނެކްޓްއަށް އިތުރުކުރެވުނު އައު ހިދުމަތެއްކަމަށާއި މި ހިދުމަތް މެދުވެރިކޮށް އިތުރު ފީތަކާއި ޖޫރިމަނާތައް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމު ކައިރި މުސްތަގުބަލެއްގައި ހަމަޖައްސަވާނެ ކަމަށްވެސް މިރާއިން މައުލޫމާތު ދެއެވެ.

އަދި މި ހިދުމަތް ހޯދުމަށް ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެ ކަމަށާއި ޓްރެފިކް ވަޔަލޭޝަން ސްލިޕް ނަންބަރު ނުވަތަ ވެހިކަލް ނަންބަރާއި އެފަރާތެއްގެ އައި.ޑީ ކާޑު ނަންބަރު ބޭނުންކޮށްގެން، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު މެދުވެރިކޮށް ވާރުޕޭއިން ޓްރެފިކް ވަޔަލޭޝަން އާއި ޕާކިންގ ވަޔަލޭޝަންގެ ޖޫރިމަނާ ދެއްކޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ފައިސާ ދެއްކުމާއިއެކު ފައިސާގެ ރަސީދު ވަގުތުން އީމޭލް ކުރެވޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އަދި ފިތުރު އީދާ ގުޅިގެން ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުވާއިރު އޮންލައިންކޮށް ޓްރެފިކް ވަޔަލޭޝަންގެ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމަކީ ގިނަ ފަރާތްތަކަށް އޭގެ ފަސޭހަ ލިބިގެންދާނެ ކަމެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355