އަނބަކީ ގިނަބަޔަކަށް މީރު އެއްޗެކެވެ. އަދި ފަސޭހައިން ލިބެންވެސް ހުންނަ އެއްޗެކެވެ. އެހެން ނަމަވެސް އަނބުފަތަކީ އެކި ސިއްހީ ފައިދާތަށް ހިމެނޭ އެއްޗެކޭ ބުނުމުން ގަބޫލު ނުކުރެވިދާނެ އެވެ.
އެހެން ނަމަވެސް އަނބު ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ސީ، ބީ އަދި އޭ ހިމެނެއެވެ. މީގެ އިތުރުން ގިނަ މިނަރަލްސް އަދި ބާރުގަދަ އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ.
ހަކުރުބައްޔަށް ފަރުވާއެއް
ހަކުރު ބައްޔަކީ މިހާރު ރާއްޖޭގައިވެސް ވަރަށް އާންމު ބައްޔެކެވެ. އަނބުފަތުގައި އެކުލެވޭ އެންތޯސައިއެނިޑިންސް ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން ހަކުރު ބަލީގެ ފުރަތަމަ ސްޓޭޖްގައި އެކަމުން ރައްކާތެރި ކޮށްދެއެވެ. އޭގެ އިތުރުން ވެސް ލޯ ފުސް ވުމާއި ލޯ ހިކުމުން އެހީވެދެއެވެ. އަނބު ފަތް ރޭނގަޑު ނިދަމުން ފެނަށް ލައިފާ ބަހައްޓާށެވެ. އަދި ހެނދުނު ފުރާނާފައި ފެންފޮދު ބޯލާށެވެ.
ވަރުބަލިކަމުން ދުރުކޮށްދޭ
އަބަދު ވަރުބަލިވެފައި ހުރުމަކީވެސް ގިނަ ބަޔަކަށް ދިމާވާކަމެކެވެ. އަދި މިއީ ގޭގައި ފަރުވާ ހޯދޭނެ ކަމެކެވެ. 2 ނުވަތަ 3 ޖޯޑު އަނބުފަތް ބާތް ޓަބް ތެރެއަށް އަޅާށެވެ. އަދި އެފެނުން ފެންވަރާށެވެ. ވަރުބަލިކަމުން ދުރުކޮށްދީ ތާޒާ ކަން އިހްސާސްކޮށްލެވޭނެ އެވެ.
ކަންފަތުގައި ރިހުން
ކަންފަތުގައި ރިހުމަކީ ވަރަން އުދަނގޫ ކުރުވާ ކަމެކެވެ. އަބަދު ކަންފަތް ހިރުވާނަމަ ކަފަބުރު ފަދަ އެއްޗެށް ބޭނުން ނުކޮށެއް ނުހުރެވެއެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތެއްވެސް ނޫނެވެ. އަނބު ފަތުގެ ދިޔަ ފެލާފައި ކުޑަކޮށް ހޫނުކޮށްލުމަށް ފަހު ދެ ތިން ތިކި ފަންފަތަށް އަޅާށެވެ. ކަންފަތުގައި ރިހުމާއި ހިރުވުމުން ދުރުކޮށްދޭނެ އެވެ.
އުކުނިކޮށްޓުން އަދި ކަރުގައި ރިހުން
އުކުނި ކޮށްޓަން ފަށަނީ ނޭނގި ހުއްޓައެވެ. އަދި ގިނަ ފަހަރަށް މީހުން ބުނާނީ ފެންބޯށެވެ. ކިތަންމެ ގިނައިން ފެންބުއި ކަމުގައި ވިޔަސް ރަނގަޅު ވަނީ މަދު ފަހަރަކު އެވެ. ކަރުގައި
ރިހުމާއި އުކުނިކޮށްޓާ ނަމަ ފެހި އަނބުފަތެއް ރޯކޮށްލާފައި އޭގެން އަންނަ ދުމުގެ ވަސް ބަލާށެވެ. ތަފާތު ފާހަގަ ކޮށްލެވޭނެ އެވެ.