އެންމެ ފުޅާކޮށް ކުޅުދުއްފުށީގައި އަންނައުނުގެ ވިޔަފާރިކުރާ ޕެންޓަގުރާމް ފިހާރައަށް 4 އަހަރުން ފުރުން ފާހަގަކުރުމަށް އީދު ދެވަނަ ދުވަހު ބޭއްވި ޝޯ އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އަހަރީ ދުވަހުގެ މުނާސަބަތު ޕެންޓަގުރާމުން ޝޯ ދޭން ގެނައި އިޝާންގެ ބޭންޑް ޑިވިން އާއި އިޝާންގެ ކޮއްކޮ ހިޝާން އެވެ. ޝޯ ނިމެންދެން ގިނަ އަދަދެއްގެ ޒުވާނުން ސަޕޯޓްކުރަން ތިއްބެވެ.
ޕެންޓަގުރާމް ޝޯގެ ތެރެއިން–
ޕެންޓަގުރާމްގެ އޯނަރު މާހިރު އަބުދުﷲ ބުނީ ޝޯ ވަރަށް ކާމިޔާބުކަމަށާއި އާއްމުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އިޝާން އާ ހަވާލާދީ މާހިރު ބުނީ ބޭންޑްގެ ޒުވާނުންވެސް ވަރަށް ހިއްހަމަޖެހިފައިވާ ކަމަށެވެ.
ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓާ ދޭތެރޭ ވަރަށް ބޮޑަށް ހިއްހަމަޖެހިފައިވާކަމަށް އިޝާންއާ ހަވާލާދީ މާހިރު ބުންޏެވެ.
މާހިރު ބުނީ ޝޯ ބޭއްވި ރޭ ޕެންޓަގުރާމްގެ ވިޔަފާރިވެސް ވަރަށް ރަނގަޅުވިކަމަށާއި ވިޔަފާރި ޑަބަލްވިކަމަށެވެ. އަދި ކައިރި ރަށްރަށުންނާއި ކުޅުދުއްފުށީގެ ޒުވާނުންނާއި ބޭންޑްތައް އަދި މުވައްސަސާތަކުންނާއި ޖަމިއްޔާތަކުން ޝޯއަށް އެހީތެރިވި ފަރާތްތަަށް މާހިރު ޝުކުރުއަދާކުރެއްވި އެވެ.
ޕެންޓަގުރާމް ޝޯގެ ތެރެއިން–
މާހިރު ބުނީ ޒުވާނުންގެ ފަރާތުން ލިބުނު ހިއްވަރުން އިތުރު ޝޯތަކެއް ބޭއްވުުމުގެ ވިސްނުން ގެންގުޅޭކަމަށެވެ. ޝޯ ކާމިޔާބުވުމުގައި އެންމެގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބުނުކަމަށް މާހިރު ބުންޏެވެ.
ޝޯ ބާއްވާފައިވަނީ ޕެންޓަގުރާމް ފިހާރަޔާއި ޖެހިގެން އޮތް ހުސްތަކެއްގައި އެވެ.