twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސްޓްރެޗް މާކްސް ފިލުވަން މި އޮތީ ފަސޭހަ ގޮތެއް

Aug 6, 2017

ސްޓްރެޗް މާކަކީ ހަންގަނޑަށް ދިމާވާ މައްސަލައެވެ. ހާއްސަކޮށް އަންހެނުންނަށް މާބަނޑު ދުވަސްވަރު ސްޓްރެޗް މާކްތަކާއި ކުރިމަތިލާން ޖެހެއެވެ. މީހާގެ ބަރުދަން އިތުރުވުމުން، މާނބަޑުވުން، ހަމުގެ އެކި މައްސަލަތައް ދިމާވުމުންވެސް މިހެން ދިމާވެއެވެ.

ސްޓްރެޗް މާކް ފިލުވަން ހާއްސަކޮށް ކްރީމް، ލޯޝަން ފަދަ ތަކެއްޗަކީ ބާޒާރުން ފަސޭހަކަމާއިއެކު ލިބެން ހުންނަ ތަކެއްޗެކެވެ. އެހެން ނަމަވެސް މިއީ ފަސޭހައިން ގޭގައި ހުންނަ ތަކެތިންވެސް ފިލުވާ ލެވޭނެ އެއްޗެކެވެ.

އެގޮތުން ސްޓްރެޗް މާކްތައް ފިލުވާލަން ހަކުރު ބޭނުން ކުރެވިދާނެ އެވެ. ހަކުރަކީ ހަންގަނޑަށް ދިމާވާ އެކި މައްސަލަތަކުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. ސްޓްރެޗް މާކްތައް ފިލުވާލުމަށް އެއް ސަމުސާ ހަކުރު އަލްމަންޑް އޮއިލްއާ ލުނބޯހުތާ އެއްކޮށްފައި މާކްތައް ހުރި ހިސާބުގައި 8-10 މިނެޓް ވަންދެން އުގުޅާށެވެ. އެއަށްފަހު ދޮވެލާށެވެ. މިހެން 1 މަސް ދުވަންދެން ތަކުރާރު ކުރާށެވެ. ތަފާތު ފާހަގަ ވާނެއެވެ.

މީގެ އިތުުރުން ބިހަކީވެސް ހަންގަނޑަށް ދިމާވާ މައްސަލަތަކަށް ފަސޭހައިން ހައްލު ހޯދުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވަތީ ހަންގަނޑުގެ ޓީޝޫތަކާއި ސެލްތައް އަލުން މަރާމާތުކޮށްދެ އެވެ. އެހެންކަމުން ބިހުގެ ހުދުބައި އުލެއް ބޭނުން ކޮށްގެން ކުޑަކޮށް ގިރާލުމަށްފަހު މާކްތައް ހުރި ހިސާބުގައި ހާކާފައި ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ދޮވެލާށެވެ. ދޮންނަ އިތުރު ހޫނު ފެނުގެ ބަދަލުގައި ފިނިފެން ބޭނުންކުރާށެވެ. އަދި މިހެން 2 ހަފްތާވަންދެން ތަކުރާރުކުރާށެވެ.

ވިކްސް ބާމަކީވެސް ސްޓްރެޗް މާކްތައް ފިލުވާލަން ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 2 ފަހަރު ނުވަތަ ނިދަމުން މާކްތައް ހުރި ހިސާބުގައި ބާމު އުނގުޅާށެވެ. މީގެ އިތުރުން އާމަނަކަ ތެލަކީވެސް މިކަމަށް ވަރަށް ރަނގަޅު ފަރުވާ އެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 5-10 މިނެޓް ވަންދެން މާކްތައް ހުރި ހިސާބުގައި އާމަނަކަ ތެޔޮލައިގެން މަސާޖުކޮށްލާށެވެ. އެއަށްފަހު ހޫނުފެނުން ދޮވެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355