އިންތިހާބުވުމަށްފަހު އެމްޕީ ގަފޫރުގެ ފުރަތަމަ ފެނިލުން، ކުޅުދުއްފުށީ ރައްޔިތުން ރަތަށް !

އަބްދުލް ވާހިދު ޙަސަން - 9 months ago - 14 ޖުލައި 2017ފުރަތަަމަ ދައުރުގައި ކުޅުދުއްފުށީ އުތުރުދާއިރާގެ މަޖިލިސް މެމްބަރު އަބުދުލްގަފޫރު މޫސާ ފެނިގެން ގޮސްފައިވަނީ ދާއިރާގެ ރައްޔިތުންނާ ގުޅުން ބޮޑު މެމްބަރެއްގެ ގޮތުގައި އެވެ. ހަފްތާ ބަންދުތަކުގައި އާއި ޗުއްޓީތަކުގެ މެމްބަރު ގަފޫރު ވަރަށް ގިނައިން ކުޅުދުއްފުއްޓަށް ވަޑައިގެން މިނިވަން ކަމާއެކު ރައްޔިތުންނާ ބައްދަލުކޮށް ރަށުގެ ހުރި މައްސަލަތައް ބައްލަވަ އެވެ. ކޮފީ މޭޒުތަކާއި ހޮޅުއަށިތަކަށް ވަޑައިގެން ރައްޔިތުންނާ ގާތް ގުޅުމެއް އޭރު މެމްބަރު ގަފޫރު ބޭއްވެވި އެވެ. ދެ ވަނަ ދައުރަކަށް މެމްބަރު ގަފޫރަށް ފުރުސަތު ހަނިގޮތަކަށް ނަމަވެސް ލިބިވަޑައިގަތީ އެހެން ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެ އެވެ.

ނަމަވެސް ދެވަނަ ދައުރަކަށް މެމްބަރު ގަފޫރު މަޖިލިސްކަމަށް އިންތިހާބުވެވަޑައިގެންފަހު ކުޅުދުއްފުއްޓަށް ވަޑައިގަތީ އިއްޔެ އެވެ. އެމްޔޫއޯގެ ޖަލްސާގައި ބައިވެރިވެ ވާހަކަދައްކަވަންށެވެ. މީގެ ކުރިން އެމްޑީޕީގެ އިސް ވަފުދުތައް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުން މެމްބަރު ގަފޫރެއް ބައިވެރިވަޑައިގެންނުވެ އެވެ. ރޭގެ ޖަލްސާގައި ގަފޫރު ބައިވެރިވެޑައިގަތުމުން ގިނަ ރައްޔިތުން ތިބީ ރުޅިގަދަވެފަ އެވެ.

” މިއޮތް ހުރިހާ ދުވަހު ކުޅުދުއްފުއްޓަށް ނާރަ ގަފޫރު ކުރީ ކިޔެއް މަޖިލީހުގައި އިނދެގެން، އޭނާ މިތަނުން ބޭރުކުރޭ ” ހިތްހަމަ ނުޖެހިގެން ކުޅުދުއްފުށީ ރައްޔިތަކުން ޝޯސަލް މީޑިއާގައި ލިޔެފައިވެ އެވެ.

ހދ އަތޮޅު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް މުހައްމަދު ޝުކޫރުވެސް ވަނީ މެމްބަރު ގަފޫރަށް ފާޑުވިދާޅުވެ ޝޯސަލް މީޑިއާގައި ލިޔުއްވާފަ އެވެ. އެމްޑީޕީއަށްވެސް ނިސްބަތްވެލައްވައި ޝުކޫރު ލިޔުއްވާފައިވަނީ މެމްބަރު ގަފޫރަކީ މުޅި ބޮޑުތިލަދުންމައްޗަށް ކޮރަޕްޝަނާއި ބާރާ ނުފޫޒް ވައްދައި އެތަކެއް ނާޖާއިޒު އަމަލުތަކެއް ހިންގާފައިވާ ބޭފުޅެއްކަމަށެވެ.

ކޭއޯއަށް ފޮނުވާފައިއިން ކޮމެންޓެއްގައި ކުޅުދުއްފުށީ ރައްޔިތެއްކަމަށްވާ ހަދީޖާ ބުނެފައިވަނީ މެމްބަރު ގަފޫރު ކުޅުދުއްފުށީ އުތުރުދާއިރާގެ ގޮނޑީގައި ދެވަނަ ދައުރުގައި އިންނަވައިގެން ރަށަށް ކޮށްދެއްވި ކަމެއް ވިދާޅުވެދެއްވުމަށް މެމްބަރު ގަފޫރުގެ ކިބައިން އެދިލެއްވި އެވެ

” ގަފޫރު މާ ސަޅިއެއް ނޫން. ކުޅުދުއްފުއްޓޭ ކިޔައިގެން ވާހަކަދައްކަން. ހޮވުނު ފަހުން އަދި ތިޔަ އާދެވުނީ ” އެހެން މީހަކު ބުނެފައިވެ އެވެ.

އޭރު މެމްބަރު ގަފޫރަށް ކެމްޕެއިން ކޮށްދެއްވުމަށް އިސްކޮށް އުޅުނު މީހުންނަށްވެސް ފަހުން ގަފޫރަށް ބައްދަލުވާގޮތެއް ނުވެ އެވެ. އޭގެ ތެރެއިން މީހަކު ބުނީ މަޖިލިހަށް ދެވަނަ ދައުރަކަށް ގަފޫރު އިންތިހާބުވި ފަހުން ނަންބަރުވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބައްދަލުކުރަން ކުރިި މަސައްކަތްތައްވެސް ކާމިޔާބު ނުވާ ކަމަށެވެ.

މެމްބަރު ގަފޫރު މިހާރު ހުންނެވީ ހއ ދިއްދޫގައި އެވެ. ޝޯސަލް މީޑީއާގައި މެމްބަރު ގަފޫރަށް ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއްދަނީ ފާޑުކިޔަމުންނެވެ. ދާއިރާގެ ރައްޔިތުންނާ “ފިއްލަައްވައިގެން” މިއޮތް ހުރިހާ ދުވަހު އުޅުނީމާ ތިބީ ރަތަށް އަރާފައި އެވެ.


ގުޅުން ހުރި ލިޔުންތައް 1. Visney 9 months ago
  Rashu dhariyah vote nudhy, beyrun ai meehakah vote vikkaaleema vaane goiy..
 2. Husan 9 months ago
  Miyohurihaadhuvahu kulhudhuffushi kiyaarasheh onnakan hafumafulhunethuneetho nuoonee nidhikuravaafavanikoh bituvetihuvafeneh fenuneetho thivafaigennevee
 3. Husssin 9 months ago
  Miyohurihaadhuvahu kulhudhuffushi kiyaarasheh onnakan hafumafulhunethuneetho nuoonee nidhikuravaafavanikoh bituvetihuvafeneh fenuneetho thivafaigennevee
 4. Ekolhu kolhun higaa gafooru 9 months ago
  !Dhekuneh noon uthuru igeythoa At the first itwas written dhekunu And nxt starting paragraph its written uthuru Dhen kiyaameehaa vaanuvaa dhw ....Dhen e thankolhu ragalhu kohlaa
 5. Ali 9 months ago
  Rasuge aadaige rahyitun tiya rasumeehun hovaabala
 6. Hageegath 9 months ago
  Bahdhalukuraakah nujehey kohdhin m mashaykathuge agu vaguthun dheefa othee ginameehun kan kuranee vaguthee faydhaa ah
 7. ކުޅުދުއްފުށީ ހާލުފޮޅި 9 months ago
  haadha undhagule mitha comment kuran. ko kudhin website maramathu kohdhiba.
 8. Goyye 9 months ago
  Qafoor mi faharu council ga MDP mejority hovuneena avaha medal jahan mi uleni. Eheyya gulaa liyass dhimaa nuve mi dhiya ee. Dhen dhalu beyrun jehigen uleyne kameh neyyi. Qafoor koh dhin kamakun noon MDP ge majoritu mifaharu coyncil ga e otee. Ingey.
 9. Hajja 9 months ago
  Rashuge ufan bulhalakah vote dhinas rashun beyru meehaku majileehah laan alhugandu dheyne voteh noannaane mee mihaathanah kulhudhuffushi gina bayaku nuvisnaa oey kameh noontho mulhin fenigen midhanee maa qaabil beyfulhun godiah laigen ein beyfulhegge fainpulhuves aadhaige meehakah nufenna manzaru noonthoa mikamaa aammu rayyithun visnan vejje noonthw
 10. Vadde 9 months ago
  Fahu vaguthu laari bahaa meehunnah vote vikkaalumuge sagaafae gengulhey meehunge haalu balan annaane kameh neh
 11. އަޙްމަދު ޝ 9 months ago
  ކުޅުދުއްފުއްޓަށް ނާރުވާތި އޭނާ ... ރަށުމީހުންގެ ބޯކައިގެން ބަލަ މަސްޖަހާފައި ހުރި ވަރު
 12. kukulhu haa 8 months ago
  Kirufeli huni kaandhin bondivaru adhives mi rnd faibuduga. Meenayakee MDP aadhekolhu shagaafathdh azluga gengulhey beyrufushun MDP vegen ulbey gadhavaa kolhehge meeheh.
 13. Mod 8 months ago
  Aee dhekunu daairaa ahovaafahuri meeheanoon ahenveemakann neaynge naaraniee
 14. Mod 8 months ago
  ދެކުނުދާއިރާގެ މެމްބަރު އެމްޕީ ގަފޫރު mihaar amenable no meanbar olhijje masah