twitterviber whatsapp telegramfacebookyoutube instagram
7th November 2025

ބީއެމްއެލްގެ ރޯޑް ޝޯއެއް ކުޅުދުއްފުށީގައި

Jul 22, 2017

ބީއެމްއެލްއިން ދެމުންގެންދާ ބައެއް ހިދުމަތްތަކުގެ މައުލޫމާތުދީ، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުޅުދުއްފުށީގައި ރޯޑް ޝޯއެއް ފަށައިގެން ކުރިއަށް އެބަދެ އެވެ. މިއަދު ހެނދުނު 10 ޖެހިއިރު ފެށި މިރޯޑް ޝޯ ކުރިއަށްދާނީ ހަވީރު 6 ޖަހަންދެނެވެ.

ހޮނިހިރު ބާޒާރު ސަރަހައްދުގައި ކުރިއަށްދާ މި ރޯޑް ޝޯއަކީގައި ބީއެމްއެލް އިސްލާމިކް ފައިނޭންސް އަދި ފައިނޭންސްގެ ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތުދެ އެވެ. އަދި ކާޑާއި އިންޓަރނެޓް ބޭންކިން ހިދުމަތް ރަޖިސްޓްރީކޮށްދިނުުމުގެ ހިދުމަތްވެސް މިރޯޑް ޝޯގައި ކުރިއަށްދެ އެވެ.

ބީއެމްއެލްގެ ޕަބުލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ކޭއޯއަށް ވިދާޅުވީ މި ރޯޑް ޝޯގައި ކާޑާއި އިންޓަނެޓް ބޭންކިންގ އަދި މޯބައިލް ޕޭ ގެ ރަޖިސްޓްރޭޝަން ވަގުތުން ޕްރޮސެސްކޮށްލެވޭނެ ކަމަށެވެ.

ދެ ގަޑިއިރެއް ތެރޭގައި 100 އަށްވުރެ ގިނަ ކަސްޓަމަރުން ސްޓޯލަށް ވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ވީހާވެސް ގިނަ ކަސްޓަމަރުން އިންޓަނެޓްގެ ބޭންކިންގ ގެ ހިދުމަތް ހޯދުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ސައީދު ވިދާޅުވީ މި ރޯޑް ޝޯ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގައި ބާއްވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355