twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ކުޅުދުއްފުށީގެ 2 ވިޔަފާރިވެރިއެއް

Jul 25, 2017

މި އަހަރުގެ ފުރަތަމަ ތިން މަހު މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރުމުގެ ގޮތުން މީރާ އިން ނެރެފައިވާ ލިސްޓުގައި ކުޅުދުއްފުށީގެ ދެ ވިޔަފާރިއެއް ހިމެނިއްޖެ އެވެ.

މީރާއިން އާއްމުކޮށްފައިވާ ލިސްޓުގައި ވާގޮތުން ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކަކީ ކުޅުދުއްފުށީ ކާޕެންޓްރީ ސަޒްނާ އަބޫބަކުރު ނަންމަތީ ރަޖިސްޓްރީ ކޮށްފައިވާ ޑެނީސް އާއި ގޮފި މުހައްމަދު މައުސޫމް އަލީގެ ނަންމަތީގައި ރަޖިސްޓަރީކޮށްފައިވާ ސިލްކްރޯސް ފިހާރައެވެ.

އޭގެ އިތުުރުން އުތުރުގެ އަތޮޅުން ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ތެރޭގައި ނޮޅިވަރަންފަރު، ހަނިމާދޫ, ކޮމަންޑޫ އަދި މިލަންދޫ އިން ވިޔަފާރިވެރިއެއް ހިމެނެއެވެ.

ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 22 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 99 ފަރާތެއް ހިމެނެއެވެ.

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށްވެސް މިރާ އިން ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355