twitterviber whatsapp telegramfacebookyoutube instagram
27th April 2024

މަޖީގެ ކޭކު ކޯސްތަކެއް ނޮޅިވަރަމްގައި ހިންގައިފި

Jul 30, 2017

މަޝްހޫރު ކޭކޭ އެޅުންތެރިޔާ އައިމިނަތު މަޖީދާ ހދ ނޮޅިވަރަމްގައި ކޭކު އަޅަން ދަސްކޮށްދޭ ކޯސްތަކެއް ކުރިއަށްގެންގޮސްފި އެވެ. މަޖީދާ ނޮޅިވަރަމްގައި ކުރިއަށް ގެންގޮސްފައިވަނީ ބޭސިކް އަދި އެޑްވާންސް ކޯހެވެ.

20 ކުދިން ބައިވެރިވި މި ކޯސް ހިންގައިފާ ވަނީ އެރަށު ޒުވާނުންގެ މަރުކަޒުގައި އެވެ. އަދި ނިންމުމުގެ ހަފްލާގައި ވަނީ %85 ކޭކް ވިކިފައި ކަމަށް މަޖީދާ ބުނެފައި ވެއެވެ.

މިދިޔަ ދައުރުގައި ކުޅުދުއްފުށީ ކައުންސިލްގެ ގޮނޑިއެއްވެސް ފުރުއްވި މަޖީދާ ކޭއޯގައި ވާހަކަދައްކަވަމުން ވިދާޅުވީ ނޮޅިވަރަމުން ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބިގެންދިޔަ ކަމަށެވެ.

އައިމިނަތު މަޖީދާ ނޮޅިވަރަމްގައި ހިންގި ކޭކު އަޅަން ދަސްކޮށްދޭ ކޯހުގެ ބައިވެރިން ތައްޔާރުކޮށްފައިވާ ކޭކުތަކެއް–

 

” މިކޯސްތައް ނިންމާފަ އެބުރި ކުޅުދުއްފުއްޓަށް އަންނަ ބެލިއިރު އިތުރު ކޯހެއް ހިންގާނެ ވަރަށް ކުދިން ލިބުނު. އެހާވެސް ތަހުރީބު ބޮޑު ”  ރެހެންދި އެވޯޑްވެސް ހާސިލްކޮށްފައިވާ މަޖީދާ ވިދާޅުވި އެވެ.

މިއީ ނޮޅިވަރަމަށް ކޭކް ކޯސް ހެދުމަށް ކުރި މަޖީދާ ކުރި ދެވަނަ ދަތުރުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެރަށުން މިހާތަނަށް 50 ހަކަށް ކުދިންނަށް ކޭކު އަޅަން ދަސްކޮށްދެވިފައިވާނެ ކަމަށެވެ.

އައިމިނަތު މަޖީދާ ނޮޅިވަރަމްގައި ހިންގި ކޭކު އަޅަން ދަސްކޮށްދޭ ކޯހުގެ ބައިވެރިން ތައްޔާރުކޮށްފައިވާ ކޭކުތަކެއް–

މަޖީދާ ވިދާޅުވީ މިއަންނަ މަހު ކުޅުދުއްފުށީގައި ވެސް ބޭސިކް އަދި އެޑުވާންސް ކޭކް ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ނ.ލަންދޫގައި ވެސް ކޭކް ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7911628 މިނަންބަރަށް ގުޅުންވައިގެން ނަންނޯޓު ކުރެވޭނެ ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355