twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބީއެމްއެލްއިން ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

Jul 31, 2017

ބީއެމްއެލްއިން ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް މާލެ ސްކުޔަރ ގައި ހުޅުވައިފި އެވެ.

ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި މިއީ ބޭންކްގެ ހިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަމީނީ މަގުގައި ހުންނަ މާލެ ސްކުޔަރގައި އެންމެ ފަހުގެ ޓެކްނޮލަޖީއާއެކު ހުޅުވި އާ ކަސްޓަމަރ ސަރވިސް ސެންޓަރެއް ކަމަށެވެ.

ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ޗެކް ފޮތް، ސްޓޭޓްމަންޓް، ކްރެޑިޓް، ޑެބިޓް ކާޑު ނެގުން އަދި މޮބައިލް ބޭންކިންގެ އިތުރުން އިންޓަރނެޓް ބޭންކިންގ ހިދުމަތަށް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލަޖީއާއެކު އައިޕެޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ތަޖުރިބާކާރު މުވައްޒަފުންނާ ގުޅާލެވިގެންދާނެ ކަމަށާއި މިގޮތުުން ކަސްޓަމަރުން ހިދުމަތް ހޯދުމަށް ހޭދަ ކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

އަދި ފައިސާގެ މުއާމަލާތްތައް ފިޔަވައި ބޭންކުން ދޭ ހިދުމަތްތަކުގެ ބޮޑު ބައެއް މީގެ ފަހުން ދެމުން ގެންދާނީ މި ސެންޓަރުން ކަމަށާއި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ސެންޓަރ ހުޅުވާފައި ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން މި ސެންޓަރ ފަރުމާކޮށްފައި ވަނީ އާންމު ބޭންކްތަކާއި ވަރަށް ތަފާތު ފަރުނީޗަރާއި އެހެނިހެން ހިދުމަތްތައް ހިމަނިގެން ކަމަށާއި މި ސެންޓަރާ އިންވެގެން ކަސްޓަމަރުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުން އަދި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ދިނުމަށް ހަތަރު އޭޓީއެމްއާއެކު ސެލްފް ސާވިސް ބޭންކިންގ ސެންޓަރެއްވެސް ވަނީ ގާއިމްކޮށްފައި ކަމަށްވެސް

އެފަރާތުން މައުލޫމާތު ދެއެވެ.

ރޭ ބޭއްވުނު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވި ގޮތުގައި މި އާ ސެންޓަރުގެ އެންމެ ޒަމާނީ ސެޓްއަޕް އާއި ހުޅުވާފައި ހުންނަ ވަގުތު އިތުރުވުމުގެ ސަބަބުން ކަސްޓަަމަރުންނަށް މާލެއިން ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ. އަދި މި ސެންޓަރ ކަސްޓަމަރުންނަށް އަވަސް އަދި ރަނގަޅު ހިދުމަތެއްގެ އިތުރުން އުފާވެރި އަދި ހިތްހަމަޖެހިގެންދާނެ ފަދަ ތަޖުރިބާ އެއްވެސް ކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355