twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހދ އަތޮޅު ކައުންސިލުން، އަތޮޅުގެ ތިން ރަށްށަކަށް ޒިޔާރާތްކޮށްފި

Aug 2, 2017

ހދ.އަތޮޅު ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ތައާރަފުވުމާއި ރަށުގެ ހާލަތު ބައްލަވާލުމަށް ހދ. އަތޮޅު ކައުންސިލުން، އަތޮޅުގެ ތިން ރަށްރަށަކަށް ޒިޔާރާތްކޮށްފި އެވެ. ހޯމަ ދުވަހު ފެށި މިދަތުރުގައި އެންމެ ފުރަތަމަ ކައުންސިލް މެމްބަރު ވަޑައިގަތީ ނޭކުރަންދޫއަށެެވެ. އިއްޔެ ނެއްލައިދޫއަށް ވަޑައިގަތުމަށްފަހު މިހާރު ތިއްބެވީ ނާވައިދޫގަ އެވެ.

ނާވައިދޫގައި ހުންނަވައިގެން ކޭއޯއަށްދެއްވި އިންޓަވިއުގައި އެކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ މިދަތުރުތަކަކީ ރައްޔިތުންނާއި މުވައްސާސާތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންވިލުވުމަށް ކުރައްވާ ދަތުރުތަކެއް ކަމަށެވެ. މިދަތުރުތަކުން ރައްޔިތުންގެ ފަރާތުން ހުށަހަޅައި ކަންބޮޑުވުންތައް މިނިސްޓްރީތަކާއި ސަރުކާރާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ މިދަތުރުގެ މައިގަނޑު މަގްސަދަކީ ކައުންސިލުން މާލެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ބޭނުންވާ މައުލޫމާތު ހޯދުންކަމަށެވެ. މިބައްދަލުވުންތަކުން ރައްޔިތުންގެ ފަރާތުން ލިބޭ މައުލޫމާތު ނޯޓްކޮށް އެމައްސަލަތަކަށް ހައްލެއް ހޯދޭތޯ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިހަފްތާ މި ތިން ރަށްށަށް ޒިޔާރާތްކުރިއިރު އަންނަ ހަފްތާ އިތުރު 2 ރަށްށަކަށް ޒިޔާރާތްކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މިދަތުރުތަކުގައި އެރަށްރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި ރައްޔިތުންނާ އަތޮޅު ކައުންސިލުން ބައްދަލުކުރެ އެވެ. މިދަތުރުތަކުގައި ކައުންސިލްގެ ރައީސްގެ އިތުރުން ނައިބު ރައީސް އާއި 4 މެމްބަރުންނާއި ކައުންސިލްގެ ޒިންމާދާރުވެރިޔާ އިބުރާހިމް ރަޝީދު ބައިވެރިވެ ވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355