ކަކުލުގައި ރިހުމަކީ ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ރަނގަޅު ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ކުރީކޮޅު މިކަމަށް ސަމާލުކަން ދީގެން ފަރުވާ ކުރެވިއްޖެނަމަ މިއީ ގޭގައިވެސް ފަރުވާ ދެވިދާނެ ކަމެކެވެ.
ކަކުލުގައި ރިހުމަކީ ކުޅުމުގެ ތެރޭގައި އުޅޭމީހުންނަށް އާންމުކޮށް ދިމާވާކަމެކެވެ. މީގެ އިތުރުން ބަރުދަން އިތުރުވުމާއި ސިއްހީ އެކި މައްސަލަތަކުންވެސް މިހެން ދިމާވެއެވެ. ދެން ގޭގައި މިކަަމަށް ފަރުވަ ދެވިދާނެ ގޮތްތަކަށް ބަލާލަމާ ހިނގާށެވެ.
އެޕަލް ސައިޑާ ވިނެގާ
މިއީ ގިނަ ސިއްހީ މައްސަލަތައް ހައްލުކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެވެ. އެގޮތުން ކަކުލުގެ ރިހުމަށް ފަރުވާ ކުރުމަށްވެސް މިއީ ރަނގަޅު އެއްޗެކެވެ. އެގޮތުން 2 ތަށި ފެނަށް 2 ސަމުސާ ވިނެގާ އަޅައިގެން ދުވަހުގެ އެކި ފަރުމަތިން ބޯށެވެ. ނުވަތަ ހޫނުފެނަށް ދެ ޖޯޑު ވިނެގާ އަޅާ ކަކޫލައިގެން 30 މިނެޓް ވަންދެން އިނދެލާށެވެ.
އިނގުރު ސައި
ގޭގައިވެސް ފަސޭހައިން ތައްޔާރުކޮށްލޭނެ އިނގުރު ސަޔަކީ ދުޅަވުމުންނާ ދުޅަވުމާއި ގުޅިގެން ރިހޭ ރިހުމުން ދުރުކޮށްދޭ އެއްޗެކެވެ. އިނގުރުގައި ހިމެނޭ އެންޓި-ފްލެމެންޓަރީ ޕްރޮޕަޓީގެ ސަބަބުން ދުޅަވުމާއި ދުޅަވުމާއި ގުޅިގެން ރިހޭ ރިހުމުން ދުރުކޮށްދެ އެވެ.
ލުނބޯ
ލުނބޯގައި ހިމެނޭ ކްރިޓިކް އެސިޑްގެ ސަބަބުން ހުޅުހުޅުގައި ހުންނަ ޔޫރިކް އެސިޑް ކްރިސްޓަލްސްތައް ނެތިކޮށްލުމަށް އެހީތެރިވެ ދެއެވެ. ލުނބޯ ފޮތިކޮށްލުމަށްފަހު ފޮތިކޮޅަކަށްލައި ރިހޭ ހިސާބުގައި އައްސާލަށެވެ. ލުނބޯލައި ފޮތިކޮޅު އޮންނަށް ވާނީ ސެސިމީ ތެޔޮ ހޫނުކޮށްލާފައި އެއިން ފޯކޮށްލާފަ އެވެ. މިގޮތަށް ކޮންމެ ދުވަހު 2 ފަހަރު ފޮތިކޮޅު އައްސައިގެން 5 މިނެޓާ 10 މިނެޓާ ދެމެދު މަޑުކޮށްލާށެވެ.