twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުރިއަށް ވަރުގަދަ ފިލްމުތަކެއް، އެކަމަކު ތިލަދެކުނު ސިނަމާ އޮތީ ވަރަށް ހާލުގަ

Aug 9, 2017

ދިވެހި ފިލްމެއް ރިލީޒް ވެއްޖެނަމަ އެންމެ ފުރަތަމަ އެ ފިލްމު ދައްކާ ރަށަކަށް ކުޅުދުއްފުށީ ވެއެވެ. މިހާރު “މަލަސް ޝޯ” ތައް އެ ސްކޫލެއްގެ ހޯލްގައި ބޭއްވި ނަމަވެސް ކުރިން “މަލަސް ޝޯ” ތައް ބާއްވާނީ ސިނަމާ ގައި އެވެ. އެހެން ނަމަވެސް މަދު މަދުން ސިނަމާގައި އެފަދަ ޝޯތަށް އަޅުވައި އެވެ.

ފިލްމު ބެލުން ފަދަ ކަންކަމަށް ހާއްސަ ކުރެވިފައިވާ މި ސިނަމާ މިހާރު އެހުރީ ކިރިޔާ ބޮލަށް ނުވެއްޓިއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ފިލްމުގެ ޓިކެޓް އަގުބޮޑުވި ނަމަވެސް ސިނަމާ ދަނީ ވީރާނާ ވަމުން ކަން ފާހަގަ ކޮށްލެވެ އެވެ. ކުރިއަށް ވަރުގަދަ ފިލްތަކެއް ނުކުންނާނެކަމަށް ބެލެވޭއިރު ސިނަމާ އޮތީ ވަރަށް ހާލުގަ އެވެ. އެޑްމިޓްކުރަން ލަސްވެފަ އެވެ.

މިކަމާ ބެހޭ ގޮތުން ކައުންސިލްގެ ރައީސްގެ ބަހެއް ހޯދާލީމެވެ. އަބްދުލް ލަތީފް ވިދާޅުވި ގޮތުގައި ސިނަމާ މަރާމާތު ކުރުމުގެ މަޝްވަރާ ފަށާފައިވާ ކަމަށާއި ކައުންސިލްގައި ދެ ދުވަހެއްގެ މަތިން އެ ވާހަކަ ދެކެވިފައިވާ ކަމަށެވެ.

ސިނަމާގެ އެތެރެއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައި–

ލަތީފް ވިދާޅުވި ގޮތުގައި ސިނަމާގައި ބޮޑެތި މަރާމާތުތަކެއް ކުރަންވެފައި ހުރިކަމަށެވެ. އެގޮތުން ސިނަމާގެ ޓިނުގަނޑެއް ނެއްޓިފައިވާ ކަމަށާއި ފުރާޅަށް އެރުމަށްވެސް ވަރަށް އުދަނގޫ ކަމަށެވެ.އަދި  އިމާރާތުގެ ބެރިއެއްވެސް ހަލާކުވެފައި ހުރިކަމަށެވެ. ސިނަމާގެ ބައެއް ފަންކާތަށްވެސް ހަލާކުވެފައި ހުރި ކަމަށްވެސް ލަތީފް ފާހަގަ ކޮށްލިއެވެ. އަދި އަވަސް މުއްދަތެއްގައި ސިނަމާގެ މަރާމާތުގެ ކަންތައް ފަށަން ގަސްތުކުރާ ކަމަށް ލަތީފް ވިދާޅުވިއެވެ.

“ސިނަމާގައި ފުދޭ ވަރަކަށް ބޮޑެތި މަރާމާތުތަކެއް އެބަހުރި. ފުރާޅު ޓިނުގަނޑެއްވެސް އެބައިން ނައްޓައިގެން ގޮސްފައި. ފުރާޅަށް އެރުމަށްވެސް ފުދޭ ވަރަކަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ. އަޅުގަނޑުމެން ވަރަށް އަވަހަށް މަރާމާތުގެ ކަންތަން ފަށަން ގަސްތުކުރަން އެބަ.”

މިކަންކަން ލަސްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ލަތީފް ވިދާޅުވީީ ކައުންސިލް އިންތިހާބު ވާންޖެހޭ މުއްދަތަށްވުރެ ލަސްވުން ކަމަށެވެ. އަދި އާ ކައުންސިލާ ހަވާލުވީ މިދިޔަ ރަމަޟާން މަހު ކަމުން އެމަހާއި މިދިޔަ ޖުލައި މަހު ބޮޑަށް ފުޓްބޯޅައިގެ ކަންކަމުގައި އުޅުނީ ވަރަށް ބުރަކޮށް ކަމަށެވެ. އަދި މިހާރު ސިނަމާގެ މަސައްކަތް ތަކާއި ރަށުގައި ހުރި އެފަދަ ވަރަށް ގިނަ ކަންތަން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ލަތީފް ވިދާޅުވި އެވެ

އެންމެ ފަހުން އެސިނަމާގައި އެޅުވި “ނޯޓީ 40” ފިލްމް ބަލަންވެސް ގިނަ ބަޔަކު ތިބެންޖެހުނީ ހޫނު ގަ އެވެ. އެއް ސުވިޗުން ގިނަ ފަންކާތަކެއް ޖެހެން ހުންނައިރު އެއް ފަންކަލުގައި މައްސަލައެއް ޖެހިފައި ހުރުމުން ސިނަމާގެ ގިނަ  ފަންކާތައް ހުރީ ނުޖެހި އެވެ. އެކަމާ ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ. ބޮޑު އަގުގައި ޓިކެޓް ގަނެގެން އަރާމުގައި ފިލްމެއް ބަލާލެވެން ނެތުމަކީ ކުޅުދުއްފުށީ ކަހަލަ ބޮޑެތި އާބާދީތަކުގައި ވެގެންވާން ޖެހޭނެ ގޮތްތަކެއް ނޫނެވެ.

ސިނަމާގެ އެތެރެއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައި–

ކުޅުދުއްފުށީގައި ސިނަމާއެއް އަޅާފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. ނަމަވެސް ރަނގަޅަށް ނުބެލެހެއްޓުމާއި ސިނަމާ ހަދާފައިހުރި ގޮތުން އެތަނުގެ ފެންވަރު ދަށްކަން ފާހަގަކޮށްލެއެވެ. ކުޅުދުއްފުއްޓަށް ޒަމާނީ ސިނަމާއެއްގެ ބޭނުންވާ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355