twitterviber whatsapp telegramfacebookyoutube instagram
25th April 2024

އުރީދޫގެ ހިއްސާތައް އެމްއެސްއީގައި ރަސްމީކޮށް ލިސްޓުކޮށް ގަނެވިއްކުމަށް ހުޅުވާލައިފި

Aug 10, 2017

އުރީދޫ މޯލްޑިވްސްގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް ގަނެވިއްކުމަށް ހުޅުވާލައިފި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ގަވާއިދުގައި ވާގޮތުގެމަތިން އުރީދޫ މޯލްޑިވްސްގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް އިއްޔެއިން ފެށިގެން ގަނެވިއްކުމަށް ހުޅުވާލެވިފައި ވާއިރު އުރީދޫގެ އައިޕީއޯ ކާމިޔާބު ކަމާއެކު ނިންމައި 14،045،260 ހިއްސާ 8257 ހިއްސާދާރުންނަށް ވިއްކުމަށްފަހު ޖުމްލަ 421،357،800 ރުފިޔާ ވަނީ ހޯދާފަ އެވެ. އެގޮތުން ވިއްކާފައިވާ ހިއްސާއަކީ ކުންފުނީގެ ދޫކޮށްފައިވާ ހިއްސާގެ %9.5 އެވެ.

މީގެ އިތުރުން ހިއްސާތައް އެކަށައެޅިފައިވާކަމާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން އެންގުމަށްޓަކައި ކޮންމެ ހިއްސާދާރަކަށް ވަނީ ރަސްމީ ލިޔުމެއް ޕޯސްޓުކުރެވިފަކަމަށާއި މިލިޔުން ހިއްސާ ގަތުމަށްޓަކައި ހިއްސާދާރުން ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ހަފްތާ އެއްތެރޭގައި ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އައިޕީއޯ މެދުވެރިކޮށް ހިއްސާ ބައްލަވައި ނުގަނެވުނު ބޭފުޅުންނަށް ސެކަންޑަރީ މާކެޓް ޓްރޭޑިންގ މެދުވެރިކޮށް އުރީދޫ އަށް އިންވެސްޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައި ކަމަށާއި އުރީދޫގެ ހިއްސާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވުމާއެކު އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ލިސްޓެޑް އަދި އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުނި ކަމަށެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އަދު މެނޭޖިންގް ޑިރެކްޓަރ ހަސަން މަނިކު ވިދާޅުވީ އައިޕީއޯގައި ރާއްޖޭގެ ގިނަ ހިއްސާދާރުންގެ ބައިވެރިވުން ލިބިގެންދިޔައިރު އެތަނުން 8,257 ހިއްސާދާރުންގެ ތެރެއިން 6،000 ހިއްސާދާރުންނަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި އަލަށް ބައިވެރިވި ފަރާތް ތަކަށް ވުމީ ވަރަށް ބޮޑު ކާމިޔާބީ އެއްކަމަށާއި ސެކަންޑަރީ މާކެޓް ޓްރޭޑިންގ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ހިއްސާ ގަނެވިއްކައި ފައިދާ ހޯދުމުގެ ފުރުސަތު މިއަދުން ފެށިގެން ހިއްސާދާރުންނަށް ލިބިގެންދާއިރު މިކަމުގައި އެމްއެސްއީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އުރީދޫގެ ހިއްސާ ގަނެވިއްކުމާއި ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ނަންބަރު 3307878 ނުވަތަ އުރީދޫ މޯލްޑިވްސްގެ އިންވެސްޓަރ ރިލޭޝަންސް ގެ ނަންބަރު 9611992 އަށް ރަސްމީ ބަންދު ނޫން ގަޑީގައި (ހެނދުނު 8:30 ން ހަވީރު 4:30 އަށް) ގުޅުއްވުމުން މައުލޫމާތު ސާފުވާނެ އެވެ. އީމެއިލް އިން މައުލޫމާތު ސާފުކުރެއްވުމަށް [email protected] ނުވަތަ [email protected] އަށް އީމެއިލް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355