twitterviber whatsapp telegramfacebookyoutube instagram
1st July 2025

ކެއްސާނަމަ މި ކާނާތައް ބޭނުން ނުކުރާތި!

Aug 16, 2017

ހަށިގަނޑު ވަރުބަލިކޮށްލައި ނިދިގެއްލުވާލާ ކަމަކަށް ކެއްސުން ވެއެވެ. ރޯޖާ ޖެހުމުންނާއި އިންފެކްޝަނެއް ހުރުމުން ނުވަަތަ ބައްޔެއްގެ ސަބަބުން ކެއްސަން މެދުވެރިވެއެވެ. ގިނަ ފަހަރަށް ކެއްސަން ފެށީމަ ބޮވެނީ ކެއްސާތި ބޯ ބޭހެވެ. ބޭސް ބޭނުންކުރި ނަމަވެސް ކާ އެއްޗެއްގެ ސަބަބުން ކެއްސުން އިތުރުވެސް ވެދާނެ އެވެ.

ކިރު

ކިރު ނުވަތަ ޑެއިރީ ބުއިންތައް ކެއްސާ ދުވަސްތަކުގައި ބޭނުންކުރާނަމަ އަރިދަފުސް އައުން އިތުރު ކޮށްދެއެވެ. އޭގެ ސަބަބުން ކަރުގަޔާއި ފުއްޕާމޭގައި އަރިދަފުސް ހިފަން މެދުވެރިވެ ގިނައިން ކެއްސައެވެ. އެހެންކަމުން ކެއްސާ ދުވަސްތަކުގައި ނުބޮއެ ކެއްސުން ރަނގަޅުވީމާ ބޯން މަޑުކޮށްލާށެވެ.

ތައްޔާރީ ކާނާ

ތައްޔާރީ ކާނާއާއި ޖަންކު ފުޑް އަކީވެސް ކެއްސަން މެދުވެރިވާ އެއްޗެއްސެވެ. އޭގެ ތެރޭގައި ޕާން، ޕާސްތާ، ފޮނި ކާއެއްޗެއްސާއި ފެކެޓް ކޮށްފައި ހުންނަ ތަކެތި ހިމެނެވެ. ޕެކެޓްކޮށްފައި ހުންނަ ތަކެތި ތާޒާ ކަންމަތީ ބެހެއްޓުމަށް ގިނަ ކެމިކަލްތައް ބޭނުން ކުރުމުގެ ސަބަބުން ކެއްސާ ދުވަސްވަރު އޭގެ ނޭދެވޭ އަސަރުކުރެއެވެ. އަދި ކެއްސާ ދުވަސްވަރު އެތަކެތިން ދުރުވެ ފެހި ތަރުކާރީ ގިނަ ކުރަން އާދަކުރާށެވެ.

ހުތް މޭވާ

ހުތް މޭވާ ނުވަތަ ސިޓްރަސް ފުރުޓްސް ބޭނުންކުރުމުގެ ސަބަބުން އެސިޑް ރިފްލެކްސް ހުންނަ މީހުންނަށް އެ ބަލީގެ ނުރައްކާ އިތުރު ކޮއްދެއެވެ. ކެއްސާ ދުވަސްވަރުގައި ކެއުން އެންމެ ރަނގަޅީ ފެން ގިނައިން ހުންނަ މޭވާ އާއި ތަރުކާރީ އެވެ. ކަރާ، އަލަނާސި އާއި ޕިއާސް މީގެ ތެރޭގައި ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355