twitterviber whatsapp telegramfacebookyoutube instagram
3rd April 2026

ދިވެހި ލަވަތަކާއެކު “ޔޮންޑާ މިޔުޒިކް” އެޕް ތައާރަފްކޮށްފި

Aug 16, 2017

ދިރާގު އަދި ޔޮންޑާ މިއުޒިކް ގުޅިގެން ވިހި މިލިއަނަށް ވުރެ ގިނަ ލަވަ އެކުލެވޭ މިއުޒިކް އެޕްލިކޭޝަން “ޔޮންޑާ މިއުޒިކް” ދިވެހި ލަވަތައް ހިމަނައިގެން ރާއްޖެ އަށް ތައާރަފް ކޮށްފި އެވެ.

ޔޮންޑާ މިއުޒިކްގެ ސީއީއޯ އެޑަމް ކިޑްރޮން ވިދާޅުވީ ރާއްޖެ އައިސް ދިވެހި މިއުޒިކްގެ ދާއިރާއަށް ބަލާލުމުން ފެނުނީ ދިވެހިންގެ ހުނަރުވެރިކަމާއި ހޯދައިފަވާ ކުރިއެރުންތައް ކަމަށެވެ. އަދި ދިވެހި ލަވަކިއުންތެރިންނަށް މިކަމުގައި އޮތް ގޮންޖެހުމަކީ އެކަށީގެންވާ އާމްދަނީ އެއް ނުލިބުން ކަމަށެވެ.

ރޭ ތައާރަފް ކުރި “ޔޮންޑާ މިއުޒިކް” އެޕްލިކޭޝަން މެދުވެރިކޮށް ހިލޭ ލަވަތައް އަޑު އަހާލަން ލިބުނުކަމުގައި ވިޔަސް ލަވަކިއުންތެރިންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ކަމަށް އެޑަމް ކޮޑްރޮން ވިދާޅުވި އެވެ. އެއީ އެޕް ފަރުމާކޮށްފައި ވަނީ ލަވަ ސްޓީމްކުރާ ކޮންމެ ފަހަރަކު އެ ލަވައެއް ކިޔާފައިވާ ފަންނާނަށް “ޓިޕެއް” ލިބޭ ގޮތަށް ކަމަށް އެޑަމް ވިދާޅުވި އެވެ.

ފުލްމޫން ރިސޯޓްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ ޔޮންޑާ މިއުޒިކްގެ ސީއީއޯ އެޑަމް ކިޑްރޮން އާއި ދިރާގްގެ ޗީފް މާކެޓިން އޮފިސާ އިޒަބެލް ހަޖްރީ އެވެ.

“ޔޮންޑާ މިއުޒިކް” އެޕްލިކޭޝަން މިހާރު އައިއޯއެސް އަދި އެންޑްރޮއިޑްގެ ފޯންތަކަށް ވެސް ލިބެން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355