twitterviber whatsapp telegramfacebookyoutube instagram
27th April 2024

އުފާވެރިގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވޭނީ މިހެން

Oct 3, 2017

ތިމާ ދަރިއަކަށް ބަލިވެ އިންނަ ހިސާބުން އެންމެން ވެސް ދަރިން ބަލާނެ ގޮތާމެދު “ޓިޕްސް” ތައް ދޭން ފަށާނެއެވެ. ވަކި ގޮތަކަށް ކަންތައް ކުރަން ނުވަތަ އެވަނި ކަމަކުން ދަރިން ދުރުކުރަން ބުނާނެއެވެ. ނަމަވެސް އެ ހުރިހާ ކަމަށަކީ ރަނގަޅު ކަންކަމަށް ނުވެ ހިނގައި ދާނެއެވެ.

އެހެންނަމަވެސް ދަރިފުޅު ދުނިޔެއަށް އުފަންވާ ހިސާބުން މިކަންކަން ދަރިންގެ ކިބައިގައި އަށަގަންނުވައި އާއިލާތެރެއިން ދަރިފުޅަށް ނަމޫނާ ފެންނަނަމަ ތި ބޮޑުކުރެވެނީ އުފާވެރި ދަރިންތަކެކެވެ.

ކަންކަމަށް ފަރުވާތެރިވެ އެހެން މީހުންނަށް އަޅާލަން ދަސްކޮށްދިނުމަކީ ކުދިން ބޮޑުވަމުން އަންނަ އިރު ދަސްކޮށްދޭން ޖެހޭ އެންމެ މުހިއްމު ކަންތަކެވެ. އެއިރުން އެކުދިންގެ އަމިއްލަ ކަންކަން މަންމަ ނުވަތަ ބައްޕަގެ އެހީތެރިކަމާއި ނުލައި ފަރުވާތެރިވެ ގަޑިން ގަޑިއަށް ކަންކަން ނިންމަން ދަސްވާނެއެވެ

އާއިލާގެ ތެރެއިން އެއްބައިވަންތަ ކަމުގެ ނަމޫނާ ފެންނަނަމަ އެކުދިން އެހެން މީހުންގެ އިހުސާސްތައް ދަނެ އެއަށް އިހުތިރާމް ކުރަން އެނގޭނެއެވެ. އަދި އެހެން މީހުންނަށް އެހީތެރިވެ ގުޅިގެން މަސައްކަތް ކުރަން އެކުދިންނަށް ދަސްވާނެއެވެ.

މީގެ އިތުރުން ބޮޑެތިވަމުން އަންނަ އިރު އެކުދިންނަށް ދިމާވާ މައްސަލަތައް ބަލައި އެކަންކަން ހައްލު ކުރާމެގޮަތް ދަސްކޮށްދޭށެވެ. އެއިރުން އެކި މައްސަލަތައް ހައްލުކުރަން އެކުދިންނަށް ދަސްވުމާއިއެކު މައިންބަފައިނާއި މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެއެެވެ. އަދި އެކުދިންނަށް މައިންބަފައިން އިތުބާރު ކުރާކަން އިހުސާސްވެ ކަންކަން ހިއްސާކުރަން ކެރޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355