twitterviber whatsapp telegramfacebookyoutube instagram
10th September 2026

ދުޅަހެޔޮ ހަންގަނޑަކަށް ވިޓަމިން އީ މުހިންމު !

Aug 29, 2017

ވިޓަމިން އީ ބޭނުން ވަނީ ކީއްވެ ހެއްޔެވެ؟ ވިޓަމިން އީ ހަމައެކަނި އެހީވެދެނީ ހަންގަނޑު ރީތިކޮށްދޭކަށް ނޫނެވެ. ކޮލެސްޓްރޯލް ލެވެލް ދަށް ކުރުމަށާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށްވެސް ވިޓަމިން އީ މުހިއްމު ރޯލެއް އަދާކުރެއެވެ.

އަލްމަޑް

ދިވެހިންނާ ރައްޓެހި އެއްޗަކަށް އަލްމަންޑް ވެފައިވާއިރު ކޮންމެ ދުވަހަކު ¼ ޖޯޑު އަލްމަންޑް ކެއުމުން ހަށިގަނޑަށް ބޭނުން ވާވަރަށް ވިޓަމިން އީ ލިބުނީ އެވެ.

ސްޕިނިޗް

މިއީ ކެއްކުމުގައި ބޭނުން ކުރާ އާންމު ބާވަަތަކަށް ވާއިރު މިއީވެސް ވިޓަމިން އީ ހިމެނޭ ބާވަތެކެވެ. އެގޮތުން ސްޕިނިޗްގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 25 ޕަސެންޓް ހިމެނެއެެވެ. މި ސްޕިނިޗްގެ އެންމެ ހާއްސަ ތަންކޮޅަކީ މީގައި ވިޓަމިން ކޭ ވެސް ގިނަ އަދަދަކަށް ހިމެނޭތީއެވެ. މިއީ ލެޔަށާއި ހައްޓަ މުހިއްމު ވިޓަމިނެކެވެ.

ބެލް ޕެޕާރ

ބެލް ޕެޕާރގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 10 ޕަސެންޓް ހިމެނެއެެވެ. މީގެ އިތުރުން ބެލް ޕެޕާރގައި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ހިމެނެއެެވެ. މިއީ އުމުރުން ދުވަސް ވުމުން ހަންގަނޑަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މުހިއްމު މާއްދާ އެކެވެ.

އެވޮކާޑޯ

ވިޓަމިން އީ ގެ އިތުރުން އެވޮކާޑޯގައި ފައިބާ، ޕޮޓެންޝިއަމް ވިޓަމިން ބީ6، ވިޓަމިން ސީ އަދި ކޭ ހިމެނެއެވެ. އެވޮކާޑޯގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 21 ޕަސެންޓް ހިމެނެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293