twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގު ޓީވީން އިތުރު 5 ޗެނަލެއް ދައްކަން ފަށައިފި

Aug 22, 2017

ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިދިޔަ އޭޕްރީލް މަހު ތައާރަފްކުރި “ދިރާގު ޓީވީ”ން މުޅިން އާ 5 ޗެނަލެއް ދައްކަން ފަށައިފި އެވެ.

އޭއެންއީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ޕްރީމް ކަމަތު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެ ކުންފުނީގެ ހިދުމަތްތައް ތައާރަފް ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިވެހި ލޯކަލް ކޮންޓެންޓް، ދިރާގު މެދުވެރިކޮށް އެ ކުންފުނީގެ ޗެނަލްތަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ދިރާގުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓާ އަހްމަދު މައުމޫނު ވިދާޅުވީ މިކަމަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭކަމަށެވެ. އަދި މިހާރު އެ ކުންފުނިން ދޫކުރާ ޗެނަލްތަކުގެ އަދަދު 60 އަށް ވުރެ އިތުރުވާނެ ކަމަށާއި އަގަކަށް އެއްވެސް ބަދަލުތަކެއް ނާންނާނެ ކަމަށެވެ.

ދިރާގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަލަށް ތައާރަފް ކޮށްފައިވަނީ ހިސްޓްރީ އެޗްޑީ އާއި އެޗްޓޫ އާއި އެފްވައިއައިގެ އިތުރުން ކްރައިމް އިންވެސްޓިގޭޝަން އަދި ލައިފްޓައިމް އެވެ. އެ ޗެނަލްތައް ރާއްޖެއަށް ތައާރަފްކުރީ ސިންގަޕޫރުގެ އޭއެންޑްއީ ކުންފުންޏާ ގުޅިގެންނެވެ.

އޭއެންއީ ކުންފުންޏަކީ ދުނިޔޭގެ ތަފާތު 200 ސަރަހައްދަކަށް ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން ރާއްޖެއަށް ތައާރަފްކުރި ޗެނަލްތަކަކީ ގާތްގަނޑަކަށް 80 މިލިޔަނަށްވުރެ ގިނަ މީހުން ބަލާ ޗެނަލްތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

‎ދިރާގަކީ އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް ދޭ ހަމައެކަނި ކުންފުންޏެވެ. އަދި އައިޕީޓީވީ އަކީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފެންނަ ޓެކްނޮލޮޖީއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355