twitterviber whatsapp telegramfacebookyoutube instagram
3rd April 2026

ވިލާ ކޮލެޖުގެ ކޯސްތައް ގއ. ވިލިނގިލީގައި ފަށަނީ

Aug 22, 2017

ވިލާ ކޮލެޖުން ހިންގާ މަތީތައުލީމުގެ ތަފާތު ދާއިރާތަކުގެ ކޯސްތައް ގއ. ވިލިނގިލީގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ކިޔޫ.އައި ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ގއ. އަތޮޅު ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަލްފާޟިލް އަހްމަދު ފުޢާދެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދިންގޮތުގައި އެކޮލެޖްގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީން މިފެށޭ ސެޕްޓެމްބަރު ސެމެސްޓަރގައި ގއ. ވިލިނގިލީގައި ކޯސްތައްފެށުމަށް ހަމަޖެހިފައިވެއެވެ. އަދި ގއ. ވިލިނގިލީގައި ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގެތެރެއިން ކޯހެއްގައި ބައިވެރިވާން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

މާލޭގެ އިތުރުން ދިވެހިރާއްޖޭގެ 16 ސަރަހައްދެއްގައި ވިލާ ކޮލެޖްގެ ޕްރޮގްރާމްތައް ކުރިއަށްދާއިރު ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގައި މިވަގުތު އެންމެފުޅާ ދާއިރާއެއްގައި މަތީތައުލީމުގެ ފުރުސަތު ފޯރުކޮށްދެމުންގެންދާ އަމިއްލަ ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355