twitterviber whatsapp telegramfacebookyoutube instagram
25th April 2024

އީދު ދުވަހު މި ބިރިޔާނި ތައްރާރުކޮށްލަމާ

Aug 31, 2017

ލުއި ބިިރިޔާނި

ބޭނުންވާ ތަކެތި:

500 ގ ބާސްމަތީ ހަނޑޫ

1 ކުކުޅު (ކޮށާފަ)

5 ކަރަންފޫ (ބޯނަގާފަ)

4 ޓޮމާޓޯ (ހަަތަރެސްކަނަށް ކޮށާފަ)

2 ކެރެޓް (ކައްޗަށް ފޮތިކޮށްފަ)

4 ކާފޫރު ތޮޅި (ދެކޮޅު ބުރިކޮށްފަ)

2 މޭޒުމަތީ ސަމުސާ އިނގުރު ލޮނިމެދު އެއްކޮށް (ޗިސްކޮށްފަ)

2 ޕެކެޓް ހިކި މޭބިސްކަދުރު

400 ގުރާމް ފިޔާ (ކޮށާފައި)

2 އިންޗި ފޮނިތޮށިކޮޅެއް (3 ބުރި ކޮށްފައި)

25 ގ ކޮތަބިރި

1 ޖޯޑު ކެޖޫނަޓް

1 މޭޒުމަތީ ސަމުސާ މުގުރި ދިރި

1 ގިތެޔޮ މިރުސް (ކޮށާފަ)

2 ރޯމިރުސް (ފަޅިފަޅިކޮށްފަ)

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ރީނދޫއޮރެންޖް ކުލަކޮޅެއް

100 ގ ބަޓަރލޮނުކޮޅެއް

4 ކެޕްސިކަމް (ކަރުގަނޑު ނަގާ ވަށްފޮއްޗަކަށް ކޮށާފަ)

2 މޭޒުމަތީ ސަމުސާ

ތައްޔާރު ކުރާނުގޮތް:

ހަނޑޫކޮޅު ދޮވެފައި 2 ކާފޫރުތޮޅި 2 ކަރަންފޫ 1 އިންޗީގެ ފޮނިތޮށިކޮޅާއި ލޮނުކޮޅެއް ލައިގެން ބަތްކައްކަން އުދާށެވެ. ތަވައެއް އުނދުން މައްޗަށް އުދާލަފައި ބަޓަރުކޮޅު އަޅާލާށެވެ. ބަޓަރު ކޮޅު ދިޔާވުމުން ފިޔާ، މިރުސް، ހިކިމޭބިސްކަދުރު، ކެޕްސިކަމް، ކެޖޫނަޓް، ފޮނިތޮށި، ކާފޫރުތޮޅި، ކެރެޓް، ކަރަންފޫ އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމައި ކުކުޅުމަސް، އިނގުރު، ލޮނުމެދު، ދިރިއަސޭމިރުސް، ލޮނު، ރީނދޫ އެއްކޮށްފައި މަސްތައް މަޑުވަންދެން މަތިޖަހައިގެން ކައްކާށެވެ. މަޑުނުވަނީސް ހިކޭނަމަ ފެންފޮދެއް އަޅާށެވެ.

ބަތްކޮޅު ދެބައިކުޅާއެއްބަޔަށް ރޯފިލުމުން މަސް، ބަތްތަވާގެ ތެރެއަށް އަޅާ ގިނި މަޑުކޮށްލާފައި މަތިޖަހާށެވެ. ދެން ފެން ހިނދެން ފެށުމުން ފިނިފެން ފޮދެއްގައި ކުޑަ ލޮނުކޮޅެއް ގިރުވަލާ ބަތްތަވާގެ މައްޗަށް ބުރުވާލާފައި ކޮތަނބިރިފަތްވެސް ބުރުވާލާފައި އެއްކޮށް ހިނދެންދެން ބަހައްޓާށެވެ.

މަސްދަރު: ކާނާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355